އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
އެ އެކްސިޑެންޓް ހިނގާފައި ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރިނެވެ. އެ ސަރަހައްދުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ލޮރީއަކުން ޖެހި ހިނގި އެ އެކްސިޑެންޓްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އަންމުވެފަ އެވެ.
ހާލު ސީރިއަސްވި މީހާއަށް އިތުރު ފަރުވާދިނުމަށް މާލެ ގެނައުމަށް ނިންމާފައިވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުންޏެވެ.
ހޮސްޕިޓަލުން ބުނިގޮތުގައި އެ މީހާއަށް ގިނަ އަނިޔާތަކެއް ލިބިފައިވެއެވެ. އެ ގޮތުން، އޭނާގެ ބޮލަށް ގެއްލުންވެފައިވެއެވެ. ބޮލުގެ ނާށިގަނޑު ވަނީ ފަޅައިގެން ގޮސްފައެވެ.
އޭނާގެ ފުއްޕާމެއަށް ވެސް އަނިޔާވެ، އިތުރު ތަންތަނުގައި ރެނދު ލާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
އައިސީއައިއޭގެ ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ބީއެމްއެލް
އީރާނާ ދެކޮޅަށް ވަރުގަދަ އިގްތިސާދީ ހަނގުރާމައެއް އިއުލާންކޮށްފި
ވީއެމްއޭ އެވޯޑްސް: ނޮމިނޭޝަންތަކުގެ ކުރީގައި މެޑޯނާއާއި ޓޭލާ!
