އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރެއްވި ސަފާތު އަހްމަދު ޒާހިރަށް މިނިސްޓަރު ނައިބު ފެންވަރުގެ މަގަމެއް ދީފި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭނާ އައްޔަން ކުރެއްވީ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށެވެ.
އައްޑޫ ސިޓީ ހުޅުދޫއަސް ނިސްބަތްވާ ސަފާތަކީ ވުމަން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ ފައުންޑާ އަދި ރައީސްއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު އޭނާ ވަނީ އަދާކޮށްފަ އެވެ.
މީގެއިތުރުން ފައިނޭންޝިއަލް އެނަލިސްޓެއްގެ ގޮތުގައާއި ބިޒްނަސް އެނަލިސްޓެއްގެ ގޮތުގައި ވެސް އޭނާ ވަނީ ރައީސް އޮފީހުގައި މަސައްކަތް ކޮށްފަ އެވެ.
އޭނާ އަކީ އަންހެނުންގެ ހައްގުތައް ކުރިއެރުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ މީހެކެވެ. ސަފާތު ވަނީ ފައިނޭންސް އެންޑް އިންވެސްޓްމަންޓްސް ދާއިރާއިން ޔުނިވަރސިޓީ އޮފް ނޮޓިންގހަމް އިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައެވެ.