އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮއްކޯފުޅު އަހްމަދު ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިރޭ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ ނާޒިމް ސައްތާރު ހައްޔަރުކުރީ ޖިނާއީ އިޖުރާއަތުގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު މިފަދައިން ވިދާޅުވިޔަސް ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އެ ވީޑިއޯއިން ނާޒިމް ސައްތާރު ވަރަށް ސާފުކޮށް ފެނެ އެވެ.
އޭނާ ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް ބުނާއިރު، އެ މައްސަލާގައި އިތުރު ބަޔަކު ވެސް ހައްޔަރުކޮށްފައި ވެއެވެ. އަދި ނާޒިމަކީ އެ މައްސަލާގައި މިރޭ އެންމެފަހުން ހައްޔަރުކުރި މީހާ އެވެ. ނާޒިމްގެ ކުރިން ވަނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ހައްޔަރުކޮށްފަ އެވެ.
އެ މީހުން އެއްޖިންސުން ގުޅުން ހިންގީ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަލަމް ގީރްއާއެކު އެވެ. އަލަމް ގީރްއާ އެކު 200 އަށް ވުރެ ހިނަ މީހުން އެއްޖިންސުން ގުޅުން ހިންގާފައިވެއެވެ. އޭގެތެރޭގައި ސްކޫލްތަކުގެ ޓީޗަރުން ވެސް ހިމެނެ އެވެ.
ކެނެރީގެ އާއިލާ އަކީ އެއީ ރައީސް މައުމޫނުގެ ވެރިކަމުގައި އިލްޔާސް އިބްރާހިމް އާއި ހަމީދު މެން މައުމޫނު ގާތް ކޮށްގެން އުޅުމުން އެކަމަށް ނަފްރަތުކޮށް ވާހަކަ ދެއްކި މީހުންނޭ މިއަދު އެއީ އިމްތިޚާނެއްގެ ގޮތުގައި އެމެން ނަށް ކުރިމަތި ކުރުވާ އެމެންނަށް އެބާރު މަތީ ފަރާތުން ދެއްވުމުން އަބޫޖަހުލު ކަންކުރާ އުސޫލުންނޭ ކެނެރީގެ ނަޝީދު ކަންކުރަނީ މިރާއްޖޭގައި އަބޫޖަހުލުވަންތަ ތިއަރީ ކުރިއަރުވަން މަސައްކަތް ކުރާ އެންމެ އިސްމީހަކީ އެއީ ކެނެރީގެ ނަޝީދޭ އޭނާ ވަކިކުރޭ މަޖްލީހުގެ ރައީސް ކަމުން ގާސިމް އިބްރާހިމަށް