ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އަށް ލިބުނު ފުރަތަމަ ކުއްޖާ މާލްތީ މޭރީ ޗޯޕްރާ ޖޯނަސް އަދި ނިކްގެ ލޯބި ފޮޓޯއެއް ޕްރިޔަންކާ ފޭނުންނަށް އާއްމުކޮށްފި އެވެ.
ޕްރިޔަންކާ އާއި ނިކްއަށް ދަރިއަކު ލިބުނުކަން އާންމުންނަށް ހިއްސާކޮށް ކަށަވަރުކޮށްދީފައި ވަނީ އެ ދެ ތަރިންގެ އިންސްޓަގްރާމުންނެވެ. އެ ދެމީހުންނަށް ލިބުނު އަންހެން ދަރިފުޅުގެ އިތުރު އެއްވެސް މައުލޫމާތެއް ނުވަތަ ދަރިފުޅާ ގުޅިގެން އެއްވެސް ވާހަކައެއް އާންމުންނާ ހިއްސާކޮށްފައެއް ނުވެ އެވެ.
ސަރޮގެސީ މެދުވެރިކޮށް ދެ ފަންނާނުން ވެސް ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔާފައިވާއިރު، ފަހަކަށް އައިސް ޕްރިޔަންކާ ދަނީ އޭނާގެ ފޭނުންނަށް ދަރިފުޅުގެ ފޮޓޯ ހިއްސާކުރަމުންނެވެ.
އެގޮތުން ދާދި ފަހުން ޕްރިޔަންކާ އާންމުކުރި ފޮޓޯއެއްވެސް ވަނީ ގިނަ ބައެއްގެ ހިތް ފުރާލާފަ އެވެ.
ޕްރިޔަންކާގެ އިންސްޓަގްރާމުގައި އެ ފޮޓޯ އާންމުކޮށްފައިވާއިރު، އެ ފޮޓޯގައި މާލްތީ ލައިގެން ހުރީ ރަތް ޖުލައިގެ ހެދުންކޮޅެކެވެ. އަދި މާލްތީގެ ބޫޓުގައި "އެމް" ޖަހާފައިވާއިރު، މާލްތީ ހިފަހައްޓައިގެން ނިކް ހުރި މަންޒަރު ފެނެ އެވެ. ނިކްގެ ފެންނަނީ ފައި އެކަންޏެވެ. އަދި ނިކް އަރައިގެން ހުރި ބޫޓުގައި "އެމް" ގެ ބައްޕަ ކަމަށް ޖަހާފައިވެ އެވެ.
މި ފޮޓޯ އާންމުވުމާއި އެކު ގިނަ ބަޔަކު ވަނީ ފޮޓޯއަށް ތައުރީފުކޮށްފަ އެވެ. އަދި އެ ފޮޓޯއަކީ ގިނަ ބަޔަކަށް ލޯބި ފޮޓޯއެއް ކަމަށް ކޮމެންޓުކޮށްފައިވެ އެވެ.
ޑެމްބެލޭގެ ހެޓްރިކާއެކު ފްރާންސް އެއްވަނަ އަށް
އައިވަރީ ކޯސްޓް ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ދެވަނަ ބުރަށް
މޯލްޑިވްސް 2.0 ގެ ތެރެއިން އީ-ވޯޓިން ނިޒާމެއް ނުގެންނާނެ: ރައީސް
