އިގްތިސާދީ ވަޒީރު ބަދަލުނުކޮށް، ޑޮލަރުގެ މައްސަލަ ހައްލެއް ނުވާނެ ކަމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު މިއަދު ވިދާޅުވެއްޖެ އެވެ.
ބޭރު ފައިސާގެ ގާނޫނަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ޒިޔާދު ވަނީ، ޑޮލަރުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކުން އެއްވެސް ނަތީޖާއެއް ނުނުކުންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ވަޅަކަށް ބުޅަލެއް ވެއްޓި ކުނިވުމުން ވަސްކެނޑޭނީ އެ ބުޅަލެއް ނަގައިގެން ކަމަށް ވިދާޅުވެ މިސާލެއް ނަންގަވައި، އިގްތިސާދީ ވަޒީރު މަގާމުން ބަދަލުނުކޮށް މިކަން ވެސް ހައްލުނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ކިތަންމެ ގާނޫނެއް ހެދިޔަސް ތަންފީޒު ނުކުރެވޭނަމަ މައްސަލަ ހައްލު ނުވާނެ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
"ގަބޫލުކުރަންޖެހޭ ހަގީގަތަކީ ވަޅަކަށް ބުޅަލެއް ވެއްޓި ކުނިވީމާ ކިތަންމެ ވަރަކަށް އެ ވަޅު ހިއްކިޔަސް ވަހެއް ނުކެނޑޭނެ. ވަސް ކެނޑޭނީ ބުޅާ ނަގާފައި ހިއްކީމާ،" ޒިޔާދު ވިދާޅުވި އެވެ.
މަޖިލީހަށް ހުށަހެޅިފައިވާ މި އިސްލާހަކީ ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކުރުމާއި މާރުކުރަންޖެހޭ މިންގަނޑުތައް މުރާޖައާކުރުމަށާއި، ބޭރު ފައިސާ މާރުކުރާ އުސޫލު ހަރުދަނާކުރުމަށް ހުށަހެޅި ބިލެކެވެ.
މީގެ އިތުރުން ފަތުރުވެރިކަމާއި މާލީ ދާއިރާ ފިޔަވައި 100 އިންސައްތަ ދިވެހި ހިއްސާވާ ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންވަރަށް ލުއިތަކެއް ދިނުން ވެސް މި އިސްލާހުގައި ހިމެނެ އެވެ.
"ގިނަ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ޑޮލަރު މާރެއް ނުކުރޭ"
އެމެރިކާއިން ޝަރުތުތަކަށް އެއްބަސްނުވާނަމަ ކަނޑުއޮޅި ނުހުޅުވާނެ
"ޓެރިފް ކަނޑާލުމުން މަސްގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިއްޖެ"
ކަލޭމެން ވަޅަށް ވެއްޓި ބުޅާ ކަލޭމެން ފޭބި ވަޅަކުން ނުނެގުނު
ރިޕްލައި