އިދިކޮޅުގެ އެންމެ ބޮޑު ޕާޓީ، ޕީޕީއެމްއިން އެ ޕާޓީގެ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޕީޕީއެމް އިން ބުނީ، އެޕާޓީގެ 10 ކައުންސިލަރުންނާއި ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ. އަދި އޭގެ ތެރެއިން އަންހެނުންނަށް ހާއްސަ ފަސް މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލާފައިވާނެ ކަމަށް ވެސް ޕީޕީއެމުން ބުނެފައިވެ އެވެ.
ޕީޕީއެމުން ބުނީ އެ ޕާޓީން ހުޅުވާލާފައިވާ ކައުންސިލް މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުށަހެޅޭނީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އެޕާޓީގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށެވެ.
މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް މަގާމުތަކަށް ހުށަހެޅޭނެ ކަމަށް އެޕާޓީން ބުނެފައިވެ އެވެ.
ޕާޓީގެ ކައުންސިލް މެންބަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް އެޕާޓީން އާންމުކުރަން ފަށާފައިވާއިރު، އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޕާޓީގެ މެއިލްއަށާއި އޮފީހަށް ފޯމު ހުށަހަޅައިގެން މަގާމަށް އެދެވޭނެ ކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނީ ސައީދު ބަދަލުކޮށްގެން: ޒިޔާދު
ބީއެމްއެލްއިން ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރަނީ
"ހަނގުރާމަ ނިންމަން ހުށަހެޅުންތަކެއް އެމެރިކާއަށް ފޮނުވައިފިން"
