ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލައިފި އެވެ.
އެ ޑިޕާޓްމަންޓް އުވާލައި އެތަނުގެ މުވައްޒަފުން ވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
ޕީއެސްއެމްގެ ހިއުމަން ރިސޯސަސް ޑިރެކްޓަރު މުހައްމަދު ޖިނާހު ސޮއިކުރައްވައި މުވައްޒަފަކަށް ފޮނުވި ވަޒީފާއިން ވަކިކުރިކަން އަންގާ ސިޓީގެ ކޮޕީއެއް "ހުރިހާ"އަށް ވަނީ ލިބިފަ އެވެ.
އެ ޑިޕާޓްމަންޓްގައި މަސައްކަތް ކުރި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ ނޯޓިސް ނުދީ ތިން މަސް ދުވަހުގެ މުސާރަ ދިނުމަށްފަހު އެވެ.
އެ ސިޓީގައިވާ ގޮތުން އޮޑިޓްގެ ކަންތައްތައް އައުޓްސޯސް ކޮށްގެން ކުރިއަށްގެންދަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފަ އެވެ. ނަމަވެސް މި ބަދަލު ގެންނަން ނިންމީ ކީއްވެގެން ކަމެއް އެ ސިޓީގައި ބުނެފައެއް ނުވެ އެވެ
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އާއެކު މުޅިން އާ ބާބެއް!
އަޒީޒާގެ ފެހުން 70 އަހަރުގައި ވެސް ވަރަށް ނަލަ!
ހަކުރު ބައްޔާއި ލޭގެ ޕްރެޝަރުން ލޮލުގެ ފެނުމަށް އަސަރު ކުރޭ!
