މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމު، "އެވެންޖާސް: ޑޫމްސްޑޭ" ރިލީޒް ވާން އަދި ހަތަރު މަސް ދުވަސް އޮތް ނަމަވެސް، މިހާރުން ފެށިގެން ވެސް މި ފިލްމު ވަނީ ބޮކްސް އޮފީހުގެ ތާރީޚީ ރެކޯޑްތަކެއް ހަދަން ފަށައިފަ އެވެ.
އާންމުކޮށް ފިލްމުތަކުގެ ޓިކެޓް ވިއްކަން ފަށަނީ ފިލްމު ރިލީޒްވުމުގެ މަދު ހަފުތާތަކެއް ކުރިންނެވެ. ނަމަވެސް "އެވެންޖާސް: ޑޫމްސްޑޭ"ގެ ޓިކެޓުތައް ހަތަރު މަސް ކުރިން ވިއްކަން ފެށުމުން، ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔައީ އާދަޔާހިލާފު ބޮޑު ތަރުހީބެކެވެ. ރިޕޯޓުތައް ބުނާގޮތުން، މިހާތަނަށް މި ފިލްމުގެ ޓިކެޓު ވިކިފައިވާ އަދަދު 100 މިލިއަން ޑޮލަރަށް އަރަ އެވެ.
މި ފިލްމުގެ ޓިކެޓް ވިކޭ ސްޕީޑް، މި އަހަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ސްޕައިޑާ-މޭން: ބްރޭންޑް ނިއު ޑޭ"އަށް ވުރެ 65 ޕަސެންޓް ބާރެވެ.
މި އާދަޔާ ޚިލާފު ކުރިއެރުމަށް ބަލާއިރު، ފިލްމު ރިލީޒްވާ ފުރަތަމަ ހަފުތާ ބަންދުގައި ދުނިޔޭގެ ބޮކްސް އޮފީހުން އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިހާ ބޮޑު ތަރުހީބެއް މި ފިލްމަށް ލިބެމުންދާ މައިގަނޑު ސަބަބަކީ، ރޮބާޓް ޑައުނީ ޖޫނިއާ އަލުން މާވެލް ފްރެންޗައިޒްއަށް އެނބުރި އައުމެވެ. މިފަހަރު އޭނާ ފެނިގެންދާނީ މާވެލްގެ އެންމެ ބާރުގަދަ އެއް ވިލަން ކަމަށްވާ "ޑޮކްޓާ ޑޫމް"ގެ ރޯލުންނެވެ.
މީގެ އިތުރުން ކްރިސް އިވަންސް ފަދަ މަޝްހޫރު ތަރިންގެ އެނބުރި އައުމަކީ ވެސް ފޭނުންގެ ޝައުގުވެރިކަން މި ފިލްމަށް އިންތިހާއަށް ބޮޑުވި ސަބަބެކެވެ.
"އެވެންޖާސް: ޑޫމްސްޑޭ" ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 18، 2026 ގަ އެވެ. މި ފިލްމު ވާދަކުރަން ޖެހޭނީ ހަމަ އެ ތާރީހުގައި ނުކުންނަ ޑެނިސް ވިލްނޫވްގެ "ޑިއުން: ޕާޓް ތްރީ"އާ އެވެ.
ޝޫޓިންގެ ތެރެއިން ކާތިކްއަށް އަނިޔާވެ ސާޖަރީއެއް ކުރަން ޖެހިއްޖެ
ދިރިއުޅުމުގައި ގެންގުޅޭ އާދައިގެ މި "ހޮބީ"ތަކުން އުމުރު ދިގުވޭ!
ޕެޓިޝަނުގައި މުވައްޒަފުން ސޮއިކުރަން މަޖުބޫރުކުރުވަނީ