ހުޅުމާލޭގެ އިމާރާތަކުން ވެއްޓުނު އުމުރުން ހަތަރު އަހަރުގެ ކުއްޖަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އުމުރުން ހަތަރު އަހަރުގެ އެ ފިރިހެން ކުއްޖާ އެ ހޮސްޕިޓަލަށް ގެނައީ މިރޭ 12:30 ހާއިރު ކަމަށެވެ.
މަންޒަރުދުށް މީހުން ބުނީ އެ ކުއްޖާ ވެއްޓުނީ ހުޅުމާލޭ ޕިކްޕޯސްޓް ކައިރީ ހުރި ރޯހައުސްއަކުން ކަމަށެވެ. އެ ކުއްޖާ އިމާރާތުގެ މަތިން ވެއްޓުނީ އާއިލާގެ މީހުން ފިހާރައަކަށް ގޮސްތިއްބައި ކަމަށް ވެސް މަންޒަރު ދުށް މީހަކު ބުންޏެވެ.
ބެލެވޭގޮތުގައި އެ ކުއްޖާ ވެއްޓުނީ ހަތަރުވަނަ ބުރިން ނުވަތަ ފަސްވަނަ ބުރިންނެވެ. ވެއްޓުނުގޮތަށް އެ ކުއްޖާ ހޭނެތިފައިވާ ކަމަށް މަންޒަރުދުށް މީހުން ބުންޏެވެ.
އެ ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ. މިކަމާ ގުޅޭގޮތުން ފުލުހުން ވެސް ވަކިއެއްޗެއް ނުބުނެއެވެ.
ކެނެޑާ ކަޓުވާލައި، މޮރޮކޯ ކުއާޓާ ފައިނަލަށް
އިތުރު ވަގުތުގައި ކޭޕް ވާޑް އަތުން އާޖެންޓީނާ ސަލާމަތްވެއްޖެ
އަޒީޒާގެ ފެހުން 70 އަހަރުގައި ވެސް ވަރަށް ނަލަ!
