ދޮންކޭލަކީ ހަށިގަނޑަށް އެތައް ގޮތަކުން ފައިދާ ލިއްބައިދޭ މޭވާ އެކެވެ. ހާއްސަކޮށް ހެނދުނުގެ ނާސްތާގައި ކެއުމަށް އެދެވިގެންވާ އަދި ހަޖަމު ކުރުމަށް ފަސޭހަ މޭވާ އެކެވެ. ކެއުމުގެ އިތުރުން އެހެން ކަންކަމުގައިވެސް ދޮންކޭލުގެ ބޭނުން ހިފެން އެބައޮތެވެ. ފީވެފައިވާ ދޮންކޭލެއް އެއްލާލުމުގެ ކުރިން އޭގެ ބޭނުން ހިފޭނެ އެެހެން ގޮތެއް އޮތްތޯ ބަލާލާށެވެ.
ފޭސް މާސްކެއް
ދޮންކޭލަކީ އޭގައި ހަންގަނޑު މަޑުކޮށް ތާޒާކަން ދައްކުވައިދިނުމުގެ ސިފަތައް ލިބިފައިވާ އެއްޗެކެވެ. އެއް ގޮތަކީ ދޮންކޭލެއް މޮޑެލުމަށްފަހު 20-10 މިނެޓް ވަންދެން މޫނާއި ކަރުގައި ހާކާފައި ބެހެއްޓުމެވެ. އަނެއް ގޮތަކީ 4/1 ތައްޓެއްގެ އާދައިގެ ޔޯގަޓާއި 2 މޭޒުމަތީ ސަމުސާ މާމުއި އަދި ދޮންކޭލެއް އެއްކޮށްލުމަށްފަހު ފުރަތަމަ މާސްކްގައި ބޭނުން ކުރެވުނު ގޮތަށް ބޭނުންކުރުމެވެ.
ގަސް ސާފުކުރުން
ގަސްތަކުގެ ފަތްތަކުން ފުސްކަމެއް ފެންނަމަ ފެން ޖެހުމުގެ ބަދަލުގައި ދޮންކެޔޮގެ ތޮށި ބޭނުންކުރެވިދާނެ އެވެ. ފެން ޖެހުމުން ފަތްތަކުގެ ފުސްކަން ގަހުގެ އިތުރު ބައިތަކަށް ފެތުރިގެންދެ އެވެ. އޭގެ ބަދަލުގައި ދޮންކެޔޮ ތޮށީގެ އެތެރެ ފަރާތް ބޭނުންކޮށްގެން ފަތްތައް ފުހެލާށެވެ.
ބޮޑީ ސްކްރަބެއް
އޮމާން ރީތި ހަންގަނޑެއް ދެމެހެއްޓުމަށްޓަކައި ދޮންކޭލާއެކު ބޮޑީ ސްކްރަބެއް ތައްޔާރު ކުރެވިދާނެ އެވެ. މިގޮތުން ތަފާތު އެކި ވައްތަރުގެ ސްކްރަބްތައް ތައްޔާރުކޮށްލެވޭއިރު އެންމެ އާދައިގެ ސްކްރަބްއަކީ ބުރައުން ޝުގާއާއެކު ދޮންކެޔޮ މޮޑެލުމެވެ. ދެވަނަ ގޮތަކީ ދޮންކޭލާއި އޯޓްމީލް ނުވަތަ މޫދު ލޮނު އެއްކުރުމެވެ.
ދަތް ހުދުކުރުން
ކޮންމެ މީހެއްވެސް ރީތި ހުދު ދަތްތަކެއް ބޭނުންވާނެއެވެ. ނަމަވެސް ޤަވާއިދުން ދަތްއުގުޅާ ފްލޮސް ކުރިކަމުގައި ވިޔަސް ދަތްތައް ރަތްވުމަކީ އެކަށީގެންވާ ކަމެކެވެ. ދޮންކެޔޮގެ ތޮށީގައި އެކުލެވޭ ސިޓްރިކް އެސިޑަކީ ދަތްތަކުގެ ކުލަ އަލިކޮށްދިނުމުގެ ބާރު ލިބިފައިވާ މާއްދާއެކެވެ. ގޭގައި ހުރެގެން ފަސޭހައިން ދަތް ހުދުކުރުމަށްޓަކައި ކޮންމެ ދުވަހަކު ދަތް އުގުޅުމަށްފަހު 2 މިނެޓް ވަންދެން ދޮންކޭލުގެ ތޮށި ދަތްތަކުގައި ކާތާށެވެ.