ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ގިނަ ބަޔަކު ވަރަށް މަސައްކަތް ކުރެ އެވެ. އެކި ކަހަލަ ޕްރޮޑަކްޓްތައް ބޭނުން ކުރެ އެވެ. މިފަދަ މީހުންނަށް އޮތް ހައްލަކީ އެލޯވެރާ އެވެ.
އެލޯވެރާއިން ގިނަ ފައިދާތަކެއް ހަންގަނޑަށް ލިބެ އެވެ. އެގޮތުން ބައެއް ފައިދާތަކަށް މި ލިޔުމުގައި ކުރު ގޮތަކަށް ބަލާލާނަމެވެ.
ލޯ ކައިރި ކަޅުވުން ދުރުކޮށްދޭ
ލޯކައިރި ކަޅުވުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލަ އެކެވެ. ޑާކް ސާކަލްސް އިން ސަލާމަތްވާން ބޭނުންނަމަ ލޮލުގެ ކައިރީގައި އެލޯވެރާ އުނގުޅާށެވެ.
ހަންގަނޑުގެ ކުލަ އަލިކޮށްދޭ
އެލޯވެރާގައި ހުންނަ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައި ޕިގްމެންޓޭޝަން އުފެދޭ މިންވަރު އިތުރުވެ އެވެ. އެހެންކަމުން އެލޯވެރާ ބޭނުން ކުރުމުގެ ނަތީޖާއަކަށް ވަނީ ހަންގަނޑުގެ ކުލަ އަލިވެ ރީތިވުމެވެ.
އުމުރުން ދުވަސްވުމުން ހަންގަނޑަށް އަންނަ ބަދަލުތައް ކުޑަކޮށްދޭ
އުމުރުން ދުވަސްވުމުގެ ސަބަބުން ހަންގަނޑަށް އަންނަ ބަދަލުތައް އެލޯވެރާއިން ކުޑަކޮށްދެ އެވެ. މީގެ ތެރޭގައި ހަންގަނޑަށް ރޫއެރުމާއި ހަންގަނޑު ކުރަކިވުން ހިމެނެ އެވެ.

ސުވާލާއި ޖަވާބު: ފިތުރު ޒަކާތް ނެރެންޖެހޭ އެންމެ ފަހު ވަގުތަކީ؟
އެންމެ އާބާދީ ބޮޑު ޗައިނާގައި ރަމަޟާން މަހުގެ ތަޖުރިބާ!
އަލިފާނުގެ ސަބަބުން 10 ގޭގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން