ކޮޅަށް ހުރެ ކައިފި ނަމަ، އެ ކޭ އެއްޗެއް ދާނީ ފައިގެ ބޮޑުވައި އިނގިއްޔަށޭ ބުނެ ދައްކާ މަޖާ ވާހަކަ އަކީ ކެއުމުގައި ގެންގުޅެންޖެހޭ އާދަތަކާ ބެހޭ ގޮތުން ވަރަށް ކުރިންސުރެ ދައްކާ ވާހަކައެކެވެ. ކޮންމެއަކަސް މިއީ އަހަރުމެންގެ މެދުގައި އާއްމުވެފައިވާ އެކަމުގެ ހަގީގަތް ބަލަންޖެހޭ ކަމެކެވެ.
ކޮޅަށް ހުރެގެން ކެއުމުން ލިބޭ ގެއްލުމެއް މިހާތަނަށް ސައިންސްވެރިންނަށް ހޯދިފައެއް ނެތެވެ. އަދި ސިއްހީ މާހިރުން ދެއްވާ ލަފާގައި ވެސް ކޮޅަށް ހުރެ ނުކެއުމަކަށް އިރުޝާދެއް ނުދެއްވަ އެވެ.
ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތަށް ގްރެވިޓީއެއް ކޮންމެހެން ބޭނުމެއް ނުވެ އެވެ. ނަމަވެސް ކޮޅަށް ހުރެ ކާނަމަ ގާޑް ފަދަ ގޮހޮރުގެ މައްސަލަތައް ޖެހުމާ ދުރުވުމަށް އެހީވެ އެވެ. ރޭގަނޑު ގަޑީގައި ބޯކޮޅަށް އުސްކޮށްގެން ބައެއް މީހުން އޮންނަނީ ވެސް ކާ އެއްޗެތި މައްޗަށް އަރާތީ އެވެ.
ކޮޅަށް ހުރެގެން ކާ ނަމަ ހަކަތަ ލިބުން އިތުރުވެ އެވެ. އަދި އިށީނދެގެން ކެއުމަށް ވުރެ ކޮޅަށް ހުރެގެން ކާ ނަމަ ގަޑިއެއްގެ އިރު ތެރޭގައި 50 ކެލޮރީޒް އިތުރަށް އަނދަ އެވެ.
މިއީ އެކި ގޮތްގޮތަށް އޮވެ ކެއުމުން ދިމާވެދާނެ ކަމަށް ސައިންސްވެރިންނަށް މިހާތަނަށް އެނގިފައިވާ ކަންކަމެވެ.
އިސްލާމް ދީނުގަ ބާރުއަޅާ ގޮތާ ބެހޭ ގޮތުން ލިޔެބަލަ