ސޮސެޖް ފަދަ ތައްޔާރީ މަހުގެ ބާވަތްތަކަކީ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގެ ނުރައްކާ ބޮޑު ކޮށްދޭ ބާވަތްތަކެއް ކަމަށް ސައިންސްވެރިންގެ ހޯދުމަކުން އެނގިއްޖެ އެވެ.
ސައިންސްވެރިންގެ ހޯދުމަކުން އެނގުނު ގޮތުގައި މިކަހަލަ ތައްޔާރީ މަހުގެ ބާވަތަކުގައި ނައިޓްރޭޓްސް ފަދަ ހަށިގަނޑައް ނުރައްކާތެރި ބާވަތެއް ބޭނުން ކުރެވިފައިވެ އެވެ.
ނަމަވެސް ބައެއް ސައިންސްވެރިން އެކަމާ ދެކޮޅުވެސް ހަދާ ކަމަށާއި މިކަމަށް އިތުރު ހޯދުންތަކެއް ބޭނުންވާ ކަމަށް ވެސް ހަބަރުތަކުން ބުނަމުންދެ އެވެ.
މިއާއެކު އެއް ވައްތަރެއްގެ މަހެއް ކެއުމުގެ ބަދަލުގައި، ބާޒާރުގައި ލިބެން ހުންނަ ހަށިގަނޑަށް ފައިދާހުރި ތަރުކާރީ އާއި މަސް ބޭނުން ކުރުމަށް ސައިންސްވެރިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ސޮސެޖް ފަދަ ތައްޔާރީ މަހުގެ ބާވަތްތަކަކީ ކެންސަރަށް މަގުފަހި ކޮށްދޭ އެއްޗެއް ކަމަށް ވެސް މީގެ ކުރީގެ ހޯދިފައިވާ ހޯދުންތަކުން އެނގިފައިވެ އެވެ.
ފުރާންސްގައި ނޭވާހިތްލާ ކުދިންނާއި އެއްވެސް ސިއްހީ މައްސަލައެއް ފެނިފައި ނުވާ ސިއްހަތު ރަނގަޅު ކުދިން ބޭނުންކޮށްގެން ތައްޔާރީ މަހުން ކުރާ އަސަރުތައް ހޯދުމަށް ސާވޭއެއް ވަނީ ހަާފައިފަ އެވެ.
މި ސާވޭގައި އިސްކޮށް އުޅުނު ޑރ އެރިކާ ކެނިންގްޓޮން ވިދާޅުވެފައި ވަނީ ދުވާލެއްގެ މައްޗައް 70ގ އަށް ވުރެ ގިނަ ސޮސެޖް ފަދަ ތައްޔާރީ މަހުގެ ބާވަތްތައް ކާ މީހެއްގެ ފުއްފާމޭއަށް ނޭދެވޭ އަސަރުކުރާކަން ހަފްތާއެއްގެ ތެރޭގައި ފެންނަ ކަަމަށެވެ.
އެހެން ކެމުން ނޭވާހިތްލާ މީހުންނާއި އެކަހަލަ މައްސަލަ އެއް ދިމާނުވާ މީހުންނަށްވެސް ވަނީ މިކަހަލަ ތައްޔާރީ މަހުގެ ބަދަލުގައި ތާޒާ މަހުގެ ބާވައްތައް ބޭނުން ކުރުމަށް އިސްކަން ދިނުމަށާއި ރަނގަޅު ޑައިޓް އަކާ އެއްގޮތަށް ކެއުމަށް ސަމާލުކަމެއް ދިނުމަށް ވަނީ ބުނެފައި އެވެ.