ކ. ތިލަފުށީގައި ހުންނަ ގުދަނެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ތިލަފުށީގައި ހުންނަ "ޓިމްބާ ހައުސް" ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވާން ފަށައިފައިވާ ކަަމަށެވެ.
ޓިމްބާ ސްޓޯރަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލަކުޑީގެ ވިޔަފާރިކުރާ އެއް ކުންފުންޏެވެ. އެ ކުންފުނީގެ ގުދަތައް ތިލަފުށީގެ އިތުރުން މާލޭގައި ހުރެ އެވެ.
މިގޮތުން މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ހެނދުނު 10:05 ހާއިރުކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި 10:25 ހާއިރު އަލިފާން ނިއްވާލާފައިވާކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ތަނުގައި ހުރި ކުނިތަކެއްގައި ކަމަށެވެ. އަދި މިހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
މީރު ރަހަތައް ގުރުބާން ނުކޮށް ވެސް ދުޅަހެޔޮ ކެއުމެއް ކެވިދާނެ!
"ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތައް އަންނަ އަހަރު ނިންމާލެވޭނެ"
އާވާރާޕަން 2: ފުރަތަމަ ދުވަހުން ވެސް ރެކޯޑެއް މުގުރާލައިފި
