އެންމެނަށް ވެސް އެނގޭ ފަދައިން އެ މީހަކު ކާ އެއްޗެއްގެ ސަބަބުން ހަށިގަނޑަށް ފައިދާ ނުވަތަ ގެއްލުން ލިބެ އެވެ. އެގޮތުން ސިކުނޑިއަކީ ނިދާފައި އޮންނަ ވަގުތުވެސް އޭގެ މަސައްކަތް މެދު ކެޑުމެއްނެތި ކުރިއަށް ގެންދާ ގުނަވަނެކެވެ.

ސިކުނޑިއަށް ފައިދާހުރި ކާނާ ގިނައިން ހުންނާނީ ރަނގަޅު ފެޓް އަދި އެންޓިއޮކްސިޑެންޓްސްގެ އިތުރުން ވިޓަމިންސް އަދި މިނަރަލްސް ހިމެނޭ ކާނާގަ އެވެ. ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދީ ވިސްނުން ތޫނު ކުރަން ބޭނުންނަމަ މި ކާނާތައް ބޭނުންކުރާށެވެ.

ވޯލްނަޓް

ވޯލްނަޓް އަކީ ހިތުގެ ދުޅަހެޔޮ ކަމަށާއި އެންޓި އިންފްލެމޭޓަރީ މާއްދާތަކުގެ އިތުރުން ފައިދާހުރި އަލްފާ އިލްނޮލެނިކް އެސިޑް އިން މުއްސަނދިވެފައިވާ މަދެކެވެ. އަލްފާ އިލްނޮލެނިކް އެސިޑް ނުވަތަ އޭލެލްއޭ އަކީ ސިކުނޑީގެ ދުޅަހެޔޮކަން އިތުރު ކޮށްދޭ މާއްދާއެކެވެ. އޭގެ އިތުރުން ސިކުނޑީގައި ލޭ އަދި އޮކްސިޖަން ދައުރު ކޮށްދިނުމަށް އެހީވެދެ އެވެ.

އެވަކާޑޯ

މިއީ ވަރަށް ފައިދާ ހުރި މޭވާ އެކެވެ. ވިޓަމިން ކޭ އަދި ފޮލޭޓް އެކުލެވުމުގެ ސަބަބުން ސިކުނޑީގައި ލޭ ގަނޑުވުމުން ދުރުކޮށްދެ އެވެ. އަދި ވިސްނުން ތޫނުކޮށްދީ ކަންކަމަށް ސަމާލުކަން ދިނުމަަށް އެހީވެދެ އެވެ. ހަމަ އެހެންމެ އެވަކާޑޯ އަކީ ފައިދާހުރި ފެޓްސް ހިމެނޭ ލޭގެ ޕްރެޝަރު ދަށްކޮށް ދިނުމަށް އެހީވެދޭ މޭވާ އެކެވެ.