ބަރުދަން ލުއި ކުރުމަށްޓަކައި ގިނަ ބަޔަކު ކެއިންބުއިމަށް ވަރަށް ގިނަ ބަދަލުތަކެއް ގެނެ އެވެ. މީގެ ކުރިން ނޭނގި އޮތް ކަމަކީ އަހަރުމެންގެ ކެއްކުމުގައި ވަރަށް އާއްމުކޮށް ގެންގުޅެވޭ ބައެއް ބާވަތްތަކުން ބަރުދަން ލުއި ކުރުމަށް އެހީވެދޭ ކަމެވެ.

ރީނދޫ

ރީނދޫ

ރީނދުލަކީ އެންޓި ބެކްޓީރިއަލް، އެންޓި އިންފްލިމޭޓަރީ އަދި އެންޓި އޮކްސިޑަންޓްގެ ގިނަ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ރީނދޫއިން ހަށިގަނޑުގެ ހޫނުމިން އެއްވަރެއްގައި ހިފަހައްޓަން އެހީވެދިނުމުގެ އިތުރުން ހަޖަމު ކުރުން ވެސް ރަނގަޅު ކޮށްދެ އެވެ.

ފޮނިތޮށި

ފޮނިތޮށި

ފޮނިތޮށްޓަކީ އެކި ގޮތްގޮތަށް އަހަރުމެންގެ ކެއްކުމުގައި ބޭނުން ކުރެވޭ ބާވަތެކެވެ. ކޮންމެ ދުވަހަކުވެސް އެއް އިންޗީގެ ފޮނިތޮށިކޮޅެއް ފެނަށް އަޅައިގެން ހައި ބަނޑާ ބުއިމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓް އަވަސް ކޮށްދޭ ކަމެކެވެ.

ދަވިއްގަނދު

ދަވިއްގަނދު

އާއްމުކޮށް ލައިގެން ކާ ތަކެތި ހެދުމުގައި ބޭނުން ކުރެވޭ މި ބާވަތަކީ ރޮލަށްވެސް ބޭނުން ކުރެވޭނެ އެއްޗެކެވެ. މިއީ ހަޖަމު ކުރުން ރަނގަޅު ކޮށްދީ ބަނޑުހައިވުން ކުޑަކޮށްދޭ އެއްޗެކެވެ. ގަވާއިދުން ދަވިއްގަނދު ކާނަމަ ކެއުން މަދުވެ ބަރުދަން ލުއިވެ އެވެ.

ދިރި

ދިރި

އެއް ސައި ސަމުސާ ދިރި އެއްރޭ ވަންދެން ފެނަށް އަޅައިފައި ބެހެއްޓުމަށްފަހު ކެއުމަކީ ބަރުދަން ލުއިވުން އަވަސް ކޮށްދީ ނަތީޖާތައް އަވަހަށް ފެންނާނެ ކަމެކެވެ.

އޯބަތް

އޯބަތް

އޯބަތަކީ ކާހިތްވުން މަދުކޮށްދީ ދުވާލެއްގެ މައްޗަށް ހަށިގަނޑަށް އެތެރެވާ ކެލޮރީސް މަދު ކުރުމަށް އެހީވެދޭ އެއްޗެކެވެ. އެހެން ކަމުން ރޮލަށް ނުވަތަ ފެނަށް އަޅައިގެން އޯބަތް ބޭނުން ކުރުމަކީ ބަރުދަން ލުއި ކުރުމަށް އޮތް ފަސޭހަ މަގެކެވެ.

ކާފުރުތޮޅި

ކާފުރުތޮޅި

ކާފުރުތޮޅިއަކީ މެޓަބޮލިޒަމް އަވަސްކޮށްދޭ މާއްދާއެއް ކަމަށްވާ މެލަޓޮނިން ވަރަށް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. ރޭގަނޑު ނިދުމުގެ ކުރިން ހޫނުފެނަށް ކާފުރުތޮޅި ކޮޅެއް އަޅައިގެން ބޯލާށެވެ.

އަސޭމިރުސް

އަސޭމިރުސް

އަސޭމިރުހަކީ ހަޖަމު ކުރުން ރަނގަޅު ކޮށްދިނުމުގެ އިތުރުން ވެސް ގިނަ ސިއްހީ ފައިދާތަކެއް ލިބިދޭ އެއްޗެކެވެ. ބަރުދަން ލުއި ކުރުމަށް ހެނދުނުގެ ސައި ތަށްޓަށް ކުޑަ އަސޭމިރުސް ކޮޅެއް އަޅައިގެން ބޭނުން ކުރާށެވެ.