އަހަރުމެންގެ ތެރެއިން ގިނަ ބަޔަކީ ބުރަ ދިރިއުޅުމެއް އުޅޭ ބައެކެވެ. މި ދިރިއުޅުމުގެ ތެރެއިން ހުސް ވަގުތެއް ހޯދުމަކީ ގިނަ ބަޔަކު ބޭނުންވާ ކަމެކެވެ. ނަމަވެސް މާ ގިނައިން ހުސް ވުގުތު ލިބުމަކީ ވެސް ސިއްހަތަށް އެކި ގޮތްގޮތުން ގެއްލުންދޭ ކަމެއް ކަމުގައި ފަހުގެ ދިރާސާތަކުން ދައްކަ އެވެ.
ކުރިން ހީކުރެވިފައި އޮތް ގޮތުގައި ގިނައިން ހުސްވަގުތު ލިބުމަކީ މީހާގެ ދުޅަހެޔޮކަމަށް ފައިދކުރާ ކަމެކެވެ. ނަމަވެސް އެމެރިކާގައި ހެދުނު ދިރާސާއަކުން މިއީ ހަގާގަތެއް ނޫންކަން ވަނީ ސާބިތު ކޮށްދީފަ އެވެ.
މި ދިރާސާގެ ނަތީޖާތައް ދައްކާގޮތުގައި ތަރައްގީވެފައިވާ ސަރަހައްދުތަކުގައި އުޅޭ މީހުންނަށް ގިނައިން ހުސް ވަގުތު ލިބޭނަމަ އެކި ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތި ވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ އެފަދަ މީހުންގެ މެދުގައި ހެލިފެލިވުން މަދުވެ ބަރުދަނުގެ މައްސަލަތައް ކުރިމަތިވާ ކަމެވެ.
ހަމައެއާއެކު ހުސްވަގުތުގައި ފޫހިވާނަމަ މާ ގިނައިން ކެވޭގޮތްވެ ބަރުދަން އިތުރުވެ އެވެ. މިގޮތަށް ކެވޭ ލުއިކާނާގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވެ ސިއްހަތު ނުރައްކަލެއްގެ ތެރެއަށް ހުށަހަޅާ އެވެ.
މީގެ އިތުރުން ގިނައިން ހުސްވަގުތު ލިބުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެއް ކަމަށް ވެސް މި ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ގިނައިން ހުސްވަގުތު ލިބޭ މީހުންގެ ހަށިގަނޑުގައި ކޮލެސްޓްރޯލް އާއި ލޭގެ ހަކުރުގެ މިންވަރު އިތުރުކަމަށް ދިިރާސާގެ ނަތާޖާތައް ދައްކަ އެވެ.
އެހެންކަމުން ތިބާ ބޭނުންވެގެން އުޅޭ ހުސްވަގުތަކީ ބަލި ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ވެދާނެ އެވެ. މި ސަބަބުތަކަށްޓަކައި ބުރަ ދިރިއުޅުމަކީ ވެސް ރަނގަޅު ދިރިއުޅުމެއް ކަމަށް ބެލެވިދާނެ އެވެ.