ދުޅަހެޔޮ ދިގު އުމުރެއް ލިބުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. ނަމަވެސް މި އަމާޒު ހާސިލް ކުރުމަށްޓަކައި ދިރިއުޅުމުގެ އާދަތައް ބަދަލު ކުރަން ޖެހެ އެވެ. ސިއްހަތަށް ފައިދާހުރި ރަނގަޅު އާދަތައް އަށަގަންނުވަން ޖެހެ އެވެ.
މި ލިޔުމުގައި މި ބަލާލަނީ އެކަންތައް ކުރުމުން ސިއްހަތު ރަނގަޅުވެ އުމުރު ދިގުވާކަމަށް ދިރާސާތަކުން ދައްކާފައިވާ ބައެއް ކަންކަމަށެވެ.
ގިނައިން ފެން ބުއިން
ފެނަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ކޮފީއާއި ސައި އަދި އެނާޖީ ޑްރިންކްސްތަކަކީ ދިޔާ ތަކެތި ނަމަވެސް އިންސާނާގެ ސިއްހަތު ރަނގަޅުކޮށް ހުރުމަށް ބޭނުންވަނީ ފެނެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ލިބުމަކީ ގިނަ ދުވަހު ދުނޔޭގައި ހުރެވޭނެ ކަމެކެވެ.
އިހްސާންތެރިވުން
ލިބޭ މިންވަރަށް ޝުކުރުކޮށްގެން އިހްސާންތެރި ދިރިއުޅުމެއް އުޅުމަކީ އުފާވެރި ދިރިއުޅުމެއްގެ ސިއްރެވެ. އެގޮތުން އުފާވެރި ދިރިއުޅުމެއް ހޭދަކުރާނަމަ ބަލިތަކުން ދުރުވެ އުމުރު ދިގުވާން މަގުފަހިވާ ކަމަށް ދިރާސާތަކުން ދައްކާފައިވެ އެވެ.
ކަސްރަތު ކުރުން
ހެލިފެލިވެ އުޅުން މަދުވުމަކީ އުމުރުގެ ނުވަ އަހަރު ގެއްލޭ ކަމެއް ކަމަށް މީގެ ކުރިން ހެދިފައިވާ ދިރާސާތަކުން ދައްކަ އެވެ. އެހެންކަމުން ކަސްރަތުކޮށް ކުޅިވަރު ކުޅެ އުޅުމަކީ ދުޅަހެޔޮ ސިއްހަތަކާއި ދިގު އުމުރެއް ލިބިގަތުމަށް ކުރެވޭނެ ކަމެކެވެ.
އިސްތަށިގަނޑު މާ އަވަހަށް ނުރަ ވަނީ މިހެންވެ ކަމަށް ވެދާނެ!
ސައިފް އާއި ނާޒިމާ އަލުން އެމްޑީޕީއަށް
އުމުރުގެ ސަބަބުން ދަރިމައިވާން އުނދަގޫ ވޭތަ؟