ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް ނުވަތަ ޕީސީއޯއެސްއަކީ އަހަރުމެންގެ ތެރެއިން ގިނަ އަންހެނުންނަށް ދިމާވެފައިވާ މައްސަލަ އެކެވެ. ޕީސީއޯއެސްގެ ސަބަބުން އެކި ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވާއިރު އެ ބަލީގެ ސަބަބުން ކުރިމަތިވާ އުނަގަނޑާއި ދަށްބަނޑަށް އަރާ ތަދުތަކަކީ ވޭންހުރި ތަދުތަކެކެވެ. މި ލިޔުމުގައި ކުރު ގޮތަކަށް މި ބަލާލަނީ މިގޮތަށް އަރާ ތަދުތައް ކުޑަ ކުރުމަށް ބޭނުން ކުރެވިދާނެ ބައެއް ބުއިންތަކަށެވެ.
ދިރި ފެން
ދިރި ފެނަކީ ހަށިގަނޑަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވޭ އެކި ގޮތްގޮތުން ސިއްހަތަށް ފައިދާ ކުރާ ބުއިމެކެވެ. އޭގެ ތެރެއިން އެއް ގޮތަކީ ހަށިގަނޑުގެ ހޯމޯންތައް ކޮންޓްރޯލްކޮށް މައްސަރު ކަންތައް ކޮންޓްރޯލް ކޮށްދިނުމެވެ.
އޯބަތު ފެން
އެއްރޭ ވަންދެން އޯބަތް ކޮޅެއް ފެނުގައި ބެހެއްޓުމަށްފަހު ފުރާނާލައިގެން ބޭނުންކުރުމަކީ އަންހެނުންގެ ޖިންސީ ދުޅަހެޔޮ ކަމަށް ވަރަށް ފައިދާ ކަމެކެވެ. އެގޮތުން ހޯމޯނަލް އިމްބެލެންސްގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތައް މި ބުއިމުން ކޮންޓްރޯލް ކޮށްދެ އެވެ.
އެލޯވެރާ ޖޫސް
އެލޯވެރާ އަކީ ހަންގަނޑަށް ފައިދާ ކުރުމުގެ އިތުރުން ހަޖަމު ކުރުމުގެ ނިޒާމަށް ވެސް ފައިދާހުރި އެއްޗެކެވެ. ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅު ގޮތުގައި ހިނގުމަކީ ހަށިގަނޑުން ވިހަ މާއްދާތައް ބޭރުވެ ހޯމޯން ކޮންޓްރޯލް ކޮށްދޭ ކަމެކެވެ.
އީރާނުގެ ތެލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މެދުކަނޑާލައިފި
ޕޯސްޓަކާ ގުޅިގެން މުއިއްޒުއާއެކު ތިބިކަމަށް ބުނަން އަންގަނީ
"ބްރޭކިން ބޭންޑް"ގެ ތަރި ގިއަންކާލޯ އިސްލާމް ވެއްޖެ