ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައު ކުރައްވާ މަސައްކަތުގެ ދަށުން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ އެ ޕެޓިޝަނުގައި ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އޮންލައިންކޮށް ވެސް އެ ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަމާޒަކީ 100 ދުވަސް ތެރޭގައި 100،000 ސޮއި ހަމަކުރުން،" ބޮންޑޭ ވިދާޅުވިއެވެ.
ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފޯކަސް މިވަގުތު ހުރީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ކަމަށެވެ.
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ބޭނުންވާވަރަށް ފައިސާ އެބަހުރި
މިއަހަރުގެ އޮސްކާ އެވޯޑަށް އާއްމުންގެ ފިނި ތަރުހީބެއް!
އެމެރިކާގެ ޖެޓްތަކަށް ތެޔޮ އަޅަން ކާޑެއްދޫއަށް ޖައްސަނީ؟

ޕާޓީ ނިޒާމް ބަރުލަމާނީ ނިޒާމަކީ ގަނެވިއްކާ ގޮޅީގައި ސޭލް އަޅުވާ ނީލަން ކިޔާ ނިޒާމް !
ބޯގޯސް...