އުއްދަނޑިއަކީ އިންސާނުގެ ހަށިގަނޑަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އުއްދަނޑީގެ ދިޔައިން ތައްޔާރުކުރާ އުއްދަނޑި ޖޫހަކީ އެ ބުއިމުގެ ސަބަބުން ހަށިގަނޑަށް އެކި ގޮތްގޮތުން ފައިދާތަކެއް ލިބިދޭ ބުއިމެކެވެ.
ހަކުރުބަލި ކޮންޓްރޯލް ކޮށްދޭ
ލޭގައި ހުންނަ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އުއްދަނޑި އެހީވެދެ އެވެ. މިއީ ގުދުރަތީ ފޮނިކަން އެކުލެވިގެންވާ އެއްޗަކަށްވުމާއެކު ހަކުރުބަލި ހުންނަ މީހުން ވެސް އުއްދަނޑި ބޭނުންކުރުމަކީ ރައްކާތެރި ކަމެކެވެ.
ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ
ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމަކީ ބަލިތަކުން ދުރުވެ ތިބުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. ގަވާއިދުން ދުވާލަކު އުއްދަނޑި ޖޫސްތައްޓެއް ބުއިމަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ އެކި ކަހަލަ ވައިރަލް އިންފެކްޝަންތަކުން ހަށިގަނޑު ރައްކާތެރި ކޮށްދޭނެ ކަމެކެވެ.
ބަރުދަން ލުއިކުރުމަށް އެހީވެދޭ
އުއްދަނޑީގައި ގިނަ އަދަދަކަށް އެކުލެވޭ ފައިބާގެ ސަބަބުން ގިނައިރު ވަންދެން ބަނޑުހައި ނުވެ ހުރެވެ އެވެ. އެހެންކަމުން ބަރުދަން ލުއިކުރަން މަސައްކަތް ކުރާނަމަ އުއްދަނޑި ޖޫހަކީ ވަރަށް ފައިދާހުރި ޖޫހެކެވެ.
60 އަހަރުގައި ލޯބި ލިބޭނެ ކަމަށް ހިއެއް ނުކުރަން: އާމިރު
އައްޑޫއަށް ވަގަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
އެކަކު 100އަށްވުރެ ގިނަ ކާޑުން ބޭރު ގައުމުތަކުގައި ބޭނުންކުރި