ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.
އިމިގްރޭޝަން އޮފިޝަލަކު ވިދާޅުވީ ޖާބިރުގެ ޕާސްޕޯޓް ދޫކުރީ ކޯޓު އަމުރެއްގެ ދަށުން އެއް މަސް ދުވަހަށް ކަމަށެވެ. އަދި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މިދިޔަ ޖުލައި މަހު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާސްޕޯޓް ދޫކޮށްލުމަށް ޖާބިރު މިހާރު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގަންފަ އެވެ.
ޖާބިރު ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ފެންމަތިވެފައިވަނީ މަޖިލިސް އިދާރާކައިރީގައި ޖާބިރު އިހުތިޖާޖު ކުރައްވާފައިވަނިކޮށެވެ.
މަޖިލިސް ކައިރި ކުރި އިހުތިޖާޖުގައި މަޖިލީހުގެ އިދާރީ މުވައްޒަފުން ޖާބިރުއަށް ފުރަސާރަ ކުރިކަމަށް އޭނާ ވިދާޅުވިއިރު މަޖިލީހުންގެ އިދާރާއިން ވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ކިނބިގަސްދޮށުގެ ކައިރިއަށް އިއްޔެ މެންދުރު ވެސް ވަޑައިގެން އެތަނުގައި ހުރި ބައެއް ތަކެއްޗަށް ޖާބިރު ގެއްލުންދިން މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
ތެލުގެ އަގު ދަށަށް ގޮސް، ފީފާއެއް 75 ޑޮލަރަށްވުރެ ތިރިވެއްޖެ
ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕް ކޮށްގެން ޕީއެސް5 ޕްރޯއެއް
