ނ. އަތޮޅުގައި ހިންގާ ޝެވާލް ބްލާންކް ރަންދެލި ރިސޯޓުގެ މެނޭޖްމަންޓާ ދެކޮޅަށް ކޮރަޕްޝަނާއި މުވައްޒަފުންގެ ހައްގުތަކަށް އަރައިގަތުމުގެ ޖިނާއީ ތުހުމަތުތަކެއް އަމާޒުވެއްޖެ އެވެ.
އެ ރިސޯޓްގެ މުވައްޒަފުން ތުހުމަތުކުރާގޮތުގައި، ރިސޯޓު މަރާމާތަށް ބަންދުކޮށްފައި އޮތް ދުވަސްވަރު އެތަނަށް އެތެރެކުރި މުދާތަކެއް އެމްޕީއެލްގައި ހިފެހެއްޓުމުން، ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ބޮޑެތި އަދަދުތަކުން ރިޝްވަތު ދީގެން އެ މުދާ ނެރެފައިވެ އެވެ.
މީގެއިތުރުން، އެ ރިސޯޓުގައި މަސައްކަތްކުރާ 120 އަށްވުރެ ގިނަ ކެޝުއަލް މުވައްޒަފުންގެ ހައްގުތަކަށް އަރައިގަނެ، އެ މުވައްޒަފުންގެ މުސާރައިން އުނިކޮށްގެން މަހަކު 12,000 އެމެރިކާ ޑޮލަރު މެނޭޖްމަންޓުގެ އިސް ވެރިންގެ މެދުގައި ބަހަމުންދާ ކަމަށްވެސް ވަނީ ތުހުމަތުކޮށްފަ އެވެ. އެގޮތުން ކޮންމެ މުވައްޒަފެއްގެ ބޮލަކަށް ކަނޑައެޅިފައިވާ އަދަދަށް 100 އެމެރިކާ ޑޮލަރު އިތުރުކުރުމަށްފަހު، އެ ފައިސާ މުވައްޒަފުންނަށް ނުދީ ރިސޯޓުގެ ޖެނެރަލް މެނޭޖަރާއި ފައިނޭންސް ކޮންޓްރޯލަރާއި ހިއުމަން ރިސޯސްގެ އިސްވެރިޔާ ނަގަމުންދާ ކަމަށް މުވައްޒަފުން ބުނެ އެވެ.
މުވައްޒަފުންގެ ހައްގުތަކަށް އަރައިގަންނަމުންދާއިރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ ހިމޭނުން އޮތް ކަމަށް ބުނެ، މުވައްޒަފުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ބިގް ބޭންގް ތިއަރީއަކީ ހިތި ތަޖުރިބާއެއް ކަމަށް ޖިމް ބުނީ ކީއްވެ؟
ކޮލަމްބިއާއަށް ބާރުގަދަ ބިންހެލުމެއް، 100 އަށްވުރެ ގިނަ މަރު
