ތުރުކީގައި 2016 ވަނަ އަހަރު ހިންގި ނާކާމިޔާބު ބަޣާވާތުގެ ތެރޭގައި، އެ ގައުމުގައި ބޭނުންކުރުން މަނާކޮށްފައިވާ މެސެޖިން އެޕްލިކޭޝަނެއް ބޭނުންކުރި މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ މީހަކު އަމިއްލައަށް ފުލުހުންނަށް ހާޒިރުވެއްޖެ އެވެ.
އެމެރިކާއާގެ ރަށްވެހިކަން ހޯދާފައިވާ ތުރުކީއަށް އުފަން ޑޭވިޑް ކޭންސް ފުލުހުންނަށް ހާޒިރުވެފައި ވަނީ އެމެރިކާގައި ހުރުމަށްފަހު އިއްޔެގެ އަންކާރާ އެނބުރި ދިޔަ ވަގުތު އެވެ.
ޑޭވިޑްއަކީ 2016 ވަނަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު ތުރުކީގައި ހިންގި ބަޣާވާތުގެ ތެރޭގައި މެސެޖިން އެޕްލިކޭޝަން ބޭނުންކުރި މައްސަލައާ ގުޅިގެން އެ ގައުމުގެ ފުލުހުން ހޯދަމުންދާ މީހެކެވެ. އެ ބަޣާވާތުގައި 250 މީހުން މަރުވެ، 2،200 އެއްހާ މީހުންނަށް އަނިޔާވެފައިވެ އެވެ. އެ ބަޣާވާތާ ގުޅިގެން އޭރު 300،000 މީހުން ހައްޔަރުކުރި އެވެ.
މި ބަޣާވާތުގެ ފަހަތުގައި އޭނާ ހުރި ކަމަށް ފުލުހުންނަށް އޭނާ ވަނީ ބަޔާން ދީފަ އެވެ. އަދި އެ މައްސަލަ ބެލުމުގައި ފުލުހުންނަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އޭނާ ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޑޭވިޑްއަކީ ތުރުކީގައި ބޭނުންކުރުން މަނާކޮށްފައިވާ މެސެޖިން އެޕްލިކޭޝަނެއްގެ ކޮޕީ ރައިޓްސް ގެންގުޅޭ މީހެކެވެ.
ފުލުހުންނަށް މައްސަލަތަކުގައި އެއްބާރުލުންދޭ ކުށްވެރިންގެ އަދަބު ތުރުކީގެ ފުލުހުން ލުއިކޮށްދޭ ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެ އެވެ. ނަމަވެސް އެ މީހާއަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. -- އަލް އަރަބިއްޔާ