ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަލްގޭރިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.
މިނިސްޓަރު ޝާހިދު ބަލްގޭރިއާއަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ބަލްގޭރިއާގެ ފޮރިން މިނިސްޓަރު ސްވެޓްލާން ސްޓޯވް އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދެ ބޭފުޅުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ބަލްގޭރިއާއާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، އިތުރަށް ދެ ގައުމު އެކުގައި ކުރިޔަށްދެވޭނެ ގޮތްތަކާއި މެދު މަޝްވަރާކުރައްވާނެކަމަށް މިނިސްޓަރު ޝާހިދު ފުރާވަޑައިގަންނަވަމުން ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ އދ. ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުންވެސް މިނިސްޓަރު ޝާހިދު އިސްކަންދެއްވާ ކަންކަމާމެދު މަޝްވަރާ ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެންތޫރިއަމް ވެސް ވައި ސާފުކޮށްދޭ!
ގިރާވަރުފަޅުން ޖޫން މަހު ގޯތި ދޫކުރަން ފަށާނެ: ރައީސް
ފުވައްމުލަކާއި ފޯޅަވަހި: ހިތާއި ހިތުގެ ގުޅުމެއް
