ހދ. ހަނިމާދޫ އެއާޕޯޓުގައި ބޭރު ގައުމެއްގެ ސިފައިން ގާއިމްވެ ނުތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އެއާޕޯޓުގެ ބިމާބެހޭގޮތުން، އެރަށުގެ ރައްޔިތުންގެ ތެރެއިން ބޭފުޅުންކޮޅަކާ ބައްދަލު ކުރައްވައި އެކަމުގައި ރައްޔިތުން އެދޭގޮތް ހޯއްދެވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި ދެން އަންނަ ސަރުކާރު ތަކުންވެސް އެފަދަކަމެއް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަނިމާދޫގައި ފެންވަރު ރަނގަޅު އެއާޕޯޓެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ބައެއް އާންމު ފަރާތްތަކުން ވަނީ މި ޕްރޮޖެކްޓަކީ ރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ޕްރޮޖެކްޓެއްކަން ފާހަގަކޮށް މި ކަމުގައި ރައްޔިތުންނާ މަޝްވަރާކޮށް މައުލޫމާތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރަށް ޝުކުރު އަދާ ކޮށްފައެވެ.
ރައީސްގެ ދެކަނބަލުން މިހާރު ވަނީ ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފައެވެ.
މާލޭގެ މަގު ހެދުން ލަސްވަނީ ޗައިނާގެ ސަބަބުން: މުއްތޮލިބު
"ދަ ޑެވިލް ވެއާސް ޕްރާޑާ 2"އަށް ބޮޑު ތަރުހީބެއް!
"3 އިޑިއަޓްސް"ގެ ސީކުއަލް އަންނަނީ!

ހަނިމަާދޫ މީހުން އަނދިރީބާ؟ ކޮން ދޮގެއް ހަދަން. ކަލޭ މަރެއް ނުވާނެތަ؟