ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ބޮމެއް އޮތް ކަމަށް ބުނި މީހާ ބަންދުގައި ބެހެއްޓުމަށް ފަހު ދެން ހުރި މީހާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި ބަންދުގައި ހުރި މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށް މައުލޫމާތު ލިބެ އެވެ.
އިއްޔެ ދެ މީހުން ހައްޔަރުކުރީ އެ މީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނުމުންނެވެ. ދެ މީހުން ހައްޔަރުކޮށް އެ ސަރަހައްދުގައި އިއްޔެ ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކޮށްފަ އެވެ. އެހެން ނަމަވެސް އެމީހުން ދިން އިންޒާރަކީ އެއްވެސް އަސްލެއް ނެތްކަން އެނގުމުން އެސަރަހައްދުގައި ފޯރިމެރުން ވަނީ ހުއްޓާލާ، އާއްމު ހާލަތަށް ގެނެސްފަ އެވެ.
ފުލުހުން ވަނީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ސޯޝަލް މީޑއާ އާއި އަދިވެސް އެކި ގޮތްގޮތުންދޭ އިންޒާރުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
ކަންގަނާގެ ރާގު ބަދަލު ވެއްޖެ: "ޖެން-ޒީ އަކީ ގައުމުގެ ކުރިއެރުން"
ޔަޝް ރާޖްގެ އެންމެ ފުރަތަމަ ބިރުވެރި ފިލްމުން ފެންނާނީ ވަރުން!
މުޅިން އާ ގޭމް ޝޯއަކާއެކު އަނިލް އެނބުރި ޓީވީ ސްކްރީނަށް!
އެމީހާގެ ފޮޓޯ ޢާއްމުކޮށްބަލަ..އޮޅިގެންވެސް އެކަން ކުރަންޖެހޭނެ.
ތިޔަޗަރުކޭސްތައް އަދިވެސް ކުރިޔައްގެންދާނެ