ތަލްޕަތީ ވިޖޭ އޭނާގެ އުފަންދުވަހުގެ ހަދިޔާއަކަށް ފޭނުންނަށް އޭނާގެ ކުރިއަށް އޮތް ފިލްމުގެ ދެ ޕޯސްޓަރެއް ދައްކާލައިފި އެވެ.
ސާޅީސް ހަތްވަނަ އުފަންދުވަސް ފާހަގަ ކުރަމުންދާ ވިޖޭއަށް އިއްރޭ މެންދަމުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުން އަންނަނީ ތަހުނިޔާގެ މެސެޖްތައް ޕޮނުވަމުންނެވެ. ދުވަސް އިތުރަށް ހާއްސަކޮށްލުގެ ގޮތުން ވިޖޭވަނީ އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޓައިޓަލް އާ ފިލްމުގެ ދެ ޕޯސްޓަރެއް ނެރެފަ އެވެ. ނެލްސަން ޑިލިޕްކުމާރު ޑައިރެކްޓުކުރާ ބީސްޓް ފިލްމުގައި ވިޖޭއާ އެކީ ފެނިގެން ދާނީ ޕޫޖާ ހެޖްޑު އެވެ.
މި ފިލްމުގެ ޕޯސްޓަރުގައި ވިޖޭ ބަޑިއެއް ހިފައިގެން ހުންނަތަން ފެނިގެންދާއިރު މި ޕޯސްޓަރަށް އިތުރު ޑްރެމެޓިކް ޓަޗެއް ގެނެސްދީފައި ވަނީ ވައިގެ ތެރޭގައި އެބުރެމުންދާ ދުމުގެ ދަޅުންނެވެ. ދެވަނަ ޕޯސްޓަރުގައި ވިޖޭ ރައިފަލްއެއްގެ ވަޒަނެއް އަނގައަށް ލައިގެންހުންނައިރު ފަހަތުގައި ވަރުގަދަ ގޮވުންތަކެއް ގޮވަ އެވެ.
ރިޕޯޓްތަކުގައި ބުނާގޮތުގައި މިފިލްމުގައި ވިޖޭ ފެނިގެންދާނީ ސްޕެޝަލް އެޖެންޓެއްގެ ބައިންނެވެ.
އަނިރޫދް ރަވީ ޗަންދުރަ މިޔުޒިކް ހަދާފައިވާ މިފިލްމުގެ ފުރަތަމަ ޝޫޓިން މިއަހަރު ލޮކްޑައުންގެ ކުރިން ޖޯޖިޔާގައި ވަނީ ނަގާ ނިމިފަ އެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.