ޝެންޒެން (19 ޖޫން) - ކޮވިޑް -19ގެ ކޭސްތައް އިތުރު ވަމުންދާތީ ޗައިނާގެ ދެކުނު އަވަށެއް ކަމަށްވާ ޝެންޒެންގެ އެއާޕޯޓްގައި ކޮވިޑް -19ގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފި އެވެ.

ޝެންޒެންގެ އެއާޕޯޓަށް ހޮނިހިރު ދުވަހުން ފެށިގެން ވަދެވޭނީ 48 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ކޮވިޑް ޓެސްޓެއްގެ ނަތީޖާ ދެއްކުމަށް ފަހުގައި ކަމަށް އެ އެއާޕޯޓުން ވަނީ ބުނެފަ އެވެ.

އެ އެއާޕޯޓްގެ ރަސްމީ ވީޗެޓް ކޮމިއުނިޓީ ގުރޫޕްގައި އާއްމުކޮށް އަންގާފައިވާ މި އެންގުމަކީ އެ ސަރަހައްދުގައި ކޮވިޑް -19ގެ ކޭސްތައް އިތުރުވަމުން ދިއުމާއެކު ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެކެވެ.

މީގެ ކުރިން އެ އެއާޕޯޓުން ވަނީ އެ ސަރަހައްދުގެ އަވަށްޓެރި އަވަށްތަކެއް ކަމަށްވާ ގުއާންޒޫ އާއި ފޮޝާންއިން އެ އެއާޕޯޓަށް އަންނަ ފަސިންޖަރުން ކޮވިޑް ޓެސްޓެއް ހުށަހެޅުމަށް އަންގާފަ އެވެ.

ކުޑަ ދުވަސްކޮޅެއް ކުރިން ފޮޝާން ޝަދީ އެއާޕޯޓުން ވެސް ވަނީ އެ އެއާޕޯޓްގެ ހުރިހާ ފްލައިޓްތަކެއް ދިހަ ދުވަހުގެ މުއްދަތަށް ކެންސަލްކޮށް އެއާޕޯޓް ބަންދުކޮށްފަ އެވެ.

ޖޫން 18 ވަނަ ދުވަހު ޗައިނާ އިން 30 ކޮވިޑް ކޭސް ފެނިފައި ވާއިރު އެއީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު 23 ކޭސް އިތުރު އަދެދެކެވެ. --އަލް އަރަބިއްޔާ