އައިޖީއެމްއެޗަށް ގެންދިޔަ މާބަނޑު އަންހެނަކު އެމްބިއުލެންސް ތެރެއަށް ވިހައިފި އެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ވަނީ އެ ހޮސްޕިޓަލުގެ ގައިނީ އީއާރަށް މިއަދު ހަވީރު ގެންދިޔަ މާބަނޑު އަންހެނަކު ވިހޭ ކުއްޖާ މަރުވެފައިވާ ކަމަށެވެ.
އެ މާބަނޑު މީހާ އަކީ ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކަށްވާތީ، މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އެ އަންހެން މީހާގެ ހާލު ސީރިއަސް އެއް ނޫނެވެ.
މާބަނޑު އަންހެނުންނަކީ ކޮވިޑްގައި ހައިރިސްކު ކެޓަގަރީގައި ހިމެނޭ ބައެކެވެ.
ހޮލީވުޑްގެ ތާރީހުގައި އެންމެ ކާމިޔާބު އާރް ރޭޓަޑް ފިލްމަކީ އޮޑިސީ
ދަތިކުރުމުގެ ފިޔަވަޅުތަކަށް އަސްކަރީ ރައްދުދޭނެ ކަމުގެ އިންޒާރު
އެފްޑީސީއަށް 3 ވަނަ ޑީއެމްޑީއަކު ހަމަޖައްސައިފި
