މާލޭގެ ގެއެއްގެ ފަސްވަނަ ބުރިން މީހަކު ވެއްޓިއްޖެ އެވެ.
އެމީހާ ވެއްޓުނީ މ. އެންދެރިކުރި ފަސްވަނަ ބުރިންނެވެ. އެއީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތާ ގޯޅީގައި ވެއްޓިފައި އޮތް މީހަކު ހޮސްޕިޓަލަަށް ގެންގޮސްފައިވާ ކަމަަށެވެ. އެމީހާ ވެއްޓުނު ސަރަހައްދުގައި ލޭ ވެސް އެބަހުއްޓެވެ.
ރޭ މެންދަމުގެ ވަގުތެއްގައި ހުޅުމާލޭގެ އިމާރާތަކުން ވެސް މީހަކު ވެއްޓިފައިވެ އެވެ. އެ އަންހެން މީހާ އަށް ވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ދުނިޔޭގެ ތަފާތު ބަސްބަހުން އީދުގެ ތަހުނިޔާ!
ބީއެމްއެލް އިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އީދު ސައި ބާއްވައިފި
އެމްޑީޕީގެ ކެންޑިޑޭޓް ސިބާއަށް އަނިޔާވީ އެކްސިޑެންޓެއްގެ ސަބަބުން
