އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި މިހާރު ކުރިއަށްދާ ކެޑޭޓް ކޭމްޕެއްގެ ތެރެއިން، ބޭރަށްހިންގުމާއި ހޮޑުލުމުގެ އަލާމާތްތައް ފެނިގެން އެ ސްކޫލުގެ 31 ދަރިވަރަކު އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
ބަލިވި ކުދިންނަށް އަންނަނީ އެކި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެގޮތުން ފޭދޫ ސިއްހީ މަރުކަޒުގައި 12 ކުއްޖަކަށް އަދި މަރަދޫ ސިއްހީ މަރުކަޒުގައި 12 ކުއްޖަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު، އޭއީއެޗްގައި 7 ކުއްޖަކު އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުން އަންނަ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާ ހަވާލާދީ "ސަން" ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، ފަރުވާ ދެމުން އަންނަ ކުދިންގެ ފަރާތުން ފެންނަމުންދާ މައިގަނޑު އަލާމާތްތަކަކީ ބަނޑުގައި ރިއްސުމާއި، ހޮޑުލެވުމުގެ އިތުރުން ބޭރަށްހިންގުމެވެ. ނަމަވެސް އެއްވެސް ކުއްޖެއްގެ ހާލު ސީރިއަސް ނޫން ކަމަށާއި، ދެމުންދާ ފަރުވާއާއެކު ކުދިންގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ކުދިން ކާނާ ވިހަވީ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، ދަރިވަރުންތަކަށް މިފަދަ ސިއްހީ މައްސަލައެއް ކުރިމަތިވާން ދިމާވި މައިގަނޑު ސަބަބު އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
މި ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން، ރާއްޖޭގެ ގިނަ ސްކޫލުތަކެއްގައި ކެޑޭޓް އަދި ޔުނިފޯމް އެހެނިހެން ހަރަކާތްތަކުގެ ކޭމްޕުތައް އަންނަނީ ބާއްވަމުންނެވެ.
މަޖިލީހުގައި މިހާރު އޮތީ ހިޓްލަރުގެ އުސޫލު: މީކާއިލް
ތިނަދޫ-ކާޑެއްދޫ ބްރިޖުން ފަތުރުވެރިކަމަށް ހުރަސްއެޅޭނެ: ޔާމީން
ސިޔާސީގޮތުން ސްޓެލްކޯއަށް ވެއްދި މުވައްޒަފުންނަށް ބޮޑު މުސާރައެއް