ސްޓެލްކޯގެ މުސާރައިގެ އޮނިގަނޑަށް އަލަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން 15 އަހަރާއި 20 އަހަރުގެ ތަޖުރިބާ ހުރި ސްޕަވައިޒަރުންނަށް ވުރެ ބޮޑު މުސާރައެއް ސިޔާސީ ގޮތުން ވެއްދި އާދައިގެ މުވައްޒަފުންނަށް ލިބޭކަން ހާމަވެއްޖެ އެވެ.
ސްޓެލްކޯގެ ބައެއް މުވައްޒަފުން ވަނީ މިކަމުގެ ތަފްސީލް "ހުރިހާ"އާ ހިއްސާކޮށްފަ އެެވެ.
މުވައްޒަފުން ކިޔައިދިން ގޮތުގައި ސިޔާސީ ގޮތުން އަލަށް ވެއްދި އޮފިސަރުންނާއި ޓެކްނީޝަނުންގެ އަސާސީ މުސާރަ 13,000 ރުފިޔާއަށް އަރާއިރު، 15 އަހަރާއި 20 އަހަރުގެ ތަޖުރިބާ ހުރި ސުޕަވައިޒަރުންގެ އަސާސީ މުސާރައަކީ 8,000 ރުފިޔާ އެވެ.
މުވައްޒަފުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު 2023 ވަނަ އަހަރުގެ ނިޔަލަށް ސްޓެލްކޯގައި ތިބީ 1,300 އެއްހާ މުވައްޒަފުންނެވެ. ނަމަވެސް މިހާރު އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވަނީ 2,800 އަށް އުފުލިފަ އެވެ.
އަލަށް ނެގި މުވައްޒަފުންގެ ތެރެއިން ބޮޑު ބަޔަކު ނަގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކަމަށް މުވައްޒަފުން ބުނެ އެވެ. އަދި މިގޮތަށް ނެގި މުވައްޒަފުންނަށް މަހަކު 25,000 ރުފިޔާއާއި 30,000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށްވެސް މުވައްޒަފުން ފާހަގަ ކުރެ އެވެ.
މީގެ އިތުރުން ސަރުކާރާއި ސިޔާސީ ގުޅުން އޮންނަ މުވައްޒަފުންނަށް އަހަރަކު ދެފަހަރު 1,000 ރުފިޔާގެ މުސާރައިގެ ކުރިއެރުން ދެމުންދާ ކަމަށް މުވައްޒަފުން ބުންޏެވެ. ނަމަވެސް ކުންފުނީގައި ރެޔާއި ދުވާލު ބުރަކޮށް މަސައްކަތްކުރާ އާދައިގެ މުވައްޒަފުންނަށް ޕްރޮމޯޝަން ނުލިބޭ ކަމަށާއި، ކުރިއެރުމެއް ދިން ނަމަވެސް ހަތަރު އަހަރުން އެކު ލިބެނީ 200 ރުފިޔާގެ ކުރިއެރުމެއް ކަމަށް މުވައްޒަފުން ފާހަގަ ކުރެ އެވެ.
ޕީސީބީން އެންގި އެންގުމުގެ ދަށުން މާގިނަ މުވައްޒަފުންތަކެއް އެ ކުންފުނީގެ ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށް ވެސް މުވައްޒަފުން ކިޔައިދިނެވެ.
ދެ ޕެޓިޝަނަށް ބަހުސްކުރަން ދެ ގަޑިއިރު ދޭން ނިންމައިފި
"ސްޕައިޑަ މޭން: ދަ ބްރޭންޑް ނިއު ޑޭ" 2 ބިލިއަން ޑޮލަރު ކްލަބަށް!
ބްރިޖް މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލައިފި
