ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަމިއްލަ ހެލްތު އިންޝުއަރެންސްގެ އަހަރީ ލިމިޓު އެއް މިލިއަން ރުފިޔާއިން 1.35 މިލިއަން ރުފިޔާއަށް ބޮޑުކޮށް، ހިދުމަތް ހޯދޭނެ ގައުމުތަކުގެ ލިސްޓު އިތުރުކޮށްފި އެވެ.
މި ބަދަލާއެކު މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ލިބޭ ހެލްތު އިންޝުއަރެންސްގެ ރައްކާތެރިކަން ވަނީ ކުރިއަށްވުރެ ބޮޑުތަނުން ފުޅާވެފަ އެވެ. ސިއްހީ ހިދުމަތްތައް ހޯދުމުގައި ކުރިން ކަނޑައެޅިފައިވާ އުސޫލުތަކަށް އިސްލާހު ގެނެސް، އިންޝުއަރެންސްގެ ދަށުން ބޭސްފަރުވާ ކުރެވޭ ގައުމުތަކުގެ އަދަދު ވަނީ އިތުރުކޮށްފަ އެވެ.
އަލަށް އެކުލަވާލެވުނު އުސޫލުގެ ދަށުން ސިންގަޕޫރު، މެލޭޝިއާ، ތުރުކީ، އެކުވެރި އަރަބި އިމާރާތް، މިސްރު، އޮމާން، އަދި އުރުދުން ފަދަ ގައުމުތަކުން މެންބަރުންނަށް އިންޝުއަރެންސްގެ ހިދުމަތް ލިބޭނެ އެވެ. މީގެ އިތުރުން ސްރީލަންކާ، ތައިލެންޑް، ވިއެޓްނާމް، އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، ބުރުނާއީ، ކެމްބޯޑިއާ، އިންޑިއާ، އިންޑޮނޭޝިއާ، ލާއޯސް، މިއަންމާ، ނޭޕާލް، ޕާކިސްތާން، ފިލިޕީންސް، އަދި ޓިމޯ ލެސްޓެ ވެސް މި ލިސްޓުގައި ހިމެނެ އެވެ. ރާއްޖޭގެ އެތެރޭގައި ދެވޭ ސިއްހީ ހިދުމަތްތައްވެސް މި އިންޝުއަރެންސް ސްކީމްގެ ދަށުން ކަވަރުކުރެވޭނެ އެވެ.
މި ސްކީމުގެ ދަށުން މެންބަރުންނަށް ބޭރު ގައުމުތަކުން މަތީ ފެންވަރުގެ ސިއްހީ ހިދުމަތްތައް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
މި ނިންމުން ނިންމާފައި ވަނީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްގެންނެވެ. ކޮމިޓީ ސިއްރުކުރީ މިކަން ފަޅާއަރާފާނެތީ އެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. މިހާތަނަށް އެ ޕެޓިޝަންގައި 2000އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.
ކަސްޓަމްސްއަށް 26 އޮފިސަރުން ހޯދަނީ
ޖަހާ ހެދި ބެންކުގެ ހިދުމަތް ދޭން ފަށައިފި
އަޖޭ، ޓައިގާ އަދި ޝާހްރުކް ޚާންއަށް އެފްޑީއޭއިން އިންޒާރު ދީފި
