މާވެލް ސިނަމެޓިކް ޔުނިވާސްގެ އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމު ކަމަށްވާ 'އެވެންޖާސް: ޑޫމްސްޑޭ'ގެ ހާއްސަ ފެނިލުމެއްގައި ޑރ. ޑޫމްގެ މާޒީއަށް އަލި އަޅުވާލައިފި އެވެ.
ޑިޒްނީގެ ޑީ23 l އިވެންޓުގައި ދައްކާލި މި ވީޑިއޯއިން ފިލްމުގެ އެންމެ ބޮޑު ވިލަން، ރޮބަޓް ޑައުނީ ޖޫނިއާ ކުޅޭ 'ޑޮކްޓަރ ޑޫމް'ގެ މާޒީއާއި އޭނާގެ ބާރުގަދަކަން ވަރަށް ތަފްސީލުކޮށް ފެނިގެންދެ އެވެ.
ދެ މިނެޓަށްވުރެ ދިގު މި ވީޑިއޯ ފެށިގެންދަނީ ފެންޓާސްޓިކް ފޯ ގެ ސޫ ސްޓޯމް (ވެނެސާ ކިރްބީ)ގެ އަޑަކުންނެވެ. އޭނާ ކިޔައިދޭ ގޮތުގައި ވިކްޓާ ވެން ޑޫމް (ޑޮކްޓަރ ޑޫމް)އަކީ ވަރަށް ވިސްނުން ތޫނު މީހެކެވެ. ނަމަވެސް އޭނާ ލޯބިވާ މީހުން އޭނާއާ ވަކިވުމުން، އޭނާގެ ހަޔާތް މުޅިން ބަދަލު ވެގެންދިޔަ ގޮތް މި ވީޑިއޯއިން ހާމަވެ އެވެ.
ވީޑިއޯގައި ރީޑް ރިޗަޑްސް (ޕެޑްރޯ ޕަސްކަލް) ޑޫމްއާ ކުރިމަތިލާ މަންޒަރު ފެނެ އެވެ. އެ ކުރިމަތިލުމުގައި އެންމެން ދިރިއުޅެމުން އަންނަނީ ވަގަށް ނަގާފައިވާ ދިރިއުޅުމެއް ކަމަށާއި އެކަމުގެ އަގު ދޭންޖެހޭ ވަގުތު އައިސްފި ކަމަށް ޑރ. ޑޫމް ބުނެ އެވެ.
މި ވީޑިއޯގެ އެންމެ ފާހަގަކޮށްލެވޭ އެއް މަންޒަރަކީ މާވެލްގެ ބާރުގަދަ ބަތަލު ތޯރް (ކްރިސް ހެމްސްވޯތު) އާއި ޑރ. ޑޫމްއާ ދެމެދު ހިނގާ ކުރިމަތިލުމެވެ. ތޯރް ވަރަށް ރުޅި އައިސްގެން ޑޫމްއަށް އިންޒާރު ދެމުން ބުނަނީ އޭނާ ރޯން ޖެހޭނެ ކަމަށެވެ. ނަމަވެސް ޑޫމް ވަރަށް ފަސޭހަ ކަމާއެކު ތޯރްގެ ހަމަލާ ހުއްޓުވައި ފެހި ކުލައިގެ ބާރެއް ބޭނުންކޮށްގެން ތޯރް ދުރަށް ފޮނުވާލަ އެވެ.
މި ފިލްމުގައި މާވެލްގެ ތަފާތު ތިން ފްރެންޗައިޒްއަކުން އަންނަ ބަތަލުންނާއި، އެވެންޖާސް އަދި އެކްސް-މެންގެ ކެރެކްޓަރުން އެކުގައި ޑރ ޑޫމްއާ ދެކޮޅަށް ނުކުންނަ މަންޒަރު ފެނިގެންދާނެ އެވެ.
ރޮބަޓް ޑައުނީ ޖޫނިއާގެ ނުރައްކާތެރި އަދި ވަރުގަދަ ވިލަންގެ ރޯލުން ފެނިގެންދާ މި ފިލްމު ސިނަމާތަކަށް އައުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 18، 2026ގަ އެވެ.
އައިސްކްރީމް ކެއުމުން ބޮލަށް ތަދުވަނީ ކީއްވެ؟
އިޒްރޭލަށް ރައްދު ދޭނެކަމުގެ އިންޒާރު ހިޒްބުﷲ އިން ދީފި
ޣައްޒާގެ ހޮސްޕިޓަލުތަކަށް އޮކްސިޖަން ނުލިބި ނުރައްކާ ހާލަތަކަށް