ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުން ނުކުތް ތިން ކުއްޖަކު އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފި އެވެ.
ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު އަފްސާމް ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެ މަރުކަޒުގައި އުޅޭ ތިން ކުއްޖަކާއި ގޮނޑުދޮށުގައި މަސް ބާނަން ހުރި މީހަކާ ދެމެދު ހިނގި ޒުވާބެއްގެ ސަބަބުންނެވެ. މަސް ބާނަން ހުރި މީހާ އެތަނުން ފިލަން އުޅުނު ވަގުތު އެ ތިން ކުދިން އޭނާއަށް ހަމަލާދީފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އަދި އަނިޔާ ލިބުނު މީހާއަށް ރަށުގެ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށާއި، އިތުރު ފަރުވާއަށް ރަށުން ބޭރަށް ގެންދިއުމުގެ މަސައްކަތްކުރަމުންދާކަމުގެ އަޑުތަކެއް އިވިފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކާ ގުޅޭގޮތުން ރޭ ހިނގި ކަމަށް ރިޕޯޓު ކޮށްފައިވާ ހާދިސާއަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ. މި ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
ސަރަހައްދުގެ އިތުރު ވިޔަފާރި މަގުތައް ބަންދުކުރާނެކަމުގެ އިންޒާރު
އެމެރިކާއިން މެދުއިރުމަތި ނުރައްކާތެރި ފައްތަރަކަށް ވައްޓާލަނީ
ޖަޕާނުން ރާއްޖެއަށް 1 މިލިޔަން ޑޮލަރުގެ އެހީ ދީފި
