ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްއާއެކު މޭރީ މަރާލުމުގައި ބައިވެރިވި މައްސަލާގައި ދައުލަތުން ދައުވާކުރި ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރީ މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ބުނެ އެކަން ރިޕޯޓްކުރި ނަމަވެސް އޭނާ މަރާލާފައިވާކަން ހާމަވުމުންނެވެ.
އެ މައްސަލާގައި މާވިންގެ މައްޗަށް މީހަކު މެރުމުގެ ދައުވާ ކުރިއިރު, ލަމްހާއަށް ކުރީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި އެ ދައުވާ ލަމްހާގެ މައްޗަށް ސާބިތުވާތީ އޭނާ 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
ލަމްހާ 15 އަހަރަށް ޖަލަށްލާން ހުކުމް ކުރިއިރު, މާވިން 25 އަހަރަށް ޖަލަށްލާން ވެސް މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
އެ މައްސަލާގައި ބަންދުގައި ހުއްޓާ މާވިން އިސްލާމްވެ އަދި އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވެ އެވެ.
ފްރާންސް ގަދަ 16އަށް، ދެ ލަނޑާއެކު އެމްބާޕޭއަށް އިތުރު ރެކޯޑެއް
ޑޮލަރުގެ އަގު ދަށްނުވަނީ ހަރަދު ބޮޑުވުމުން: ނަޝީދު
ކޭޕްވާޑްގެ ރައީސް: އާޖެންޓީނާ ބަލިކުރެވިދާނެ