އަދަދު ނޫހުގެ ޑޮކިޔުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅޭ ހަބަރެއް ލިޔުނު އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ފެށުމަށް ތާވަލުކޮށްފި އެވެ.
މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އަވަސްއަރުވާލައިގެން ބޭއްވި ސިއްރު އަޑުއެހުމެއްގައި ލީވާންގެ މައްޗަށް ހުކުމް ކުރީ ގާނޫނީ ގޮތުން ދިފާއުވުމުގެ ފުރުސަތު ނުދީ، ވަކީލަކު އައްޔަނު ކުރުމަށް އެންމެ ދެ ގަޑިއިރު ދިނުމަށްފަހު އެވެ. އެ ހުކުމްގެ މުއްދަތު ތަންފީޒުކޮށް ނިމުމުން އޭނާ މިނިވަންވެފައިވަނީ މެއި މަހުގެ 22 ވަނަ ދުވަހު އެވެ.
މި ހުކުމްގެ މައްސަލަ ލީވާންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން، މިހާރު ވަނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ޖުލައި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ތާވަލުކޮށްފަ އެވެ.
ކޯޓުގެ އެ އަމުރާ ހިލާފުވި ކަމަށް ބުނެ އެ ނޫހުގެ އެހެން ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ޝަހުޒާންގެ މައްޗަށް ވެސް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އޭނާގެ މައްސަލަ ވެސް މިހާރު އޮތީ އިސްތިއުނާފު މަރުހަލާގަ އެވެ.
ޝީއިން އާއި ޓެމޫ ކޮންޓްރޯލް ކުރަން ފްރާންސްގައި ގާނޫނެއް
ނަފްސާނީ ސިއްހަތުގެ ސަބަބުން ދަރިމައިވުމަށް އަސަރު ކުރޭތަ؟
މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދަން ސާވޭއެއް ފަށައިފި