ރާއްޖޭގެ މާލީ ދާއިރާ ތަރައްޤީކުރުމަށް މެލޭޝިޔާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުޅުވާލާފައިވާ ސްކޮލާޝިޕް ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
އެމްއެމްއޭ އިން ކުރިއަށްގެންދާ މި ސްކޮލާޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާއަށް ބޭނުންވާ ފަންނީ ތަޖުރިބާކާރުން ބިނާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް މެލޭޝިޔާގެ ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
މި އަހަރުގެ ސްކޮލާޝިޕްގެ ދަށުން ކިޔެވުމަށް ހަމަޖެހިފައިވަނީ މާލީ ނިޒާމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މުހިންމު ދާއިރާތަކުންނެވެ. އޭގެ ތެރޭގައި އެކައުންޓިންގ ދާއިރާއިން ފުރަތަމަ ޑިގްރީ (އޮނާސް) ހާސިލުކުރުމާއި، ގާނޫނީ ދާއިރާގެ އެކި ގޮފިތަކުން މާސްޓާސް ޑިގްރީ ހާސިލުކުރުން ހިމެނެ އެވެ. މީގެ އިތުރުން، އިގްތިސާދީ ދާއިރާއިން މާސްޓަރސް ޑިގްރީއަށާއި، އިސްލާމިކް ފައިނޭންސް އަދި އެއާ ގުޅުންހުރި ދާއިރާތަކުން ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
ދަރިވަރުން ހޮވުމުގައި ބަލާނެ މިންގަނޑުތައްމި ސްކޮލާޝިޕްތަކަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މީހުން ހޮވުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އެޕްލިކަންޓުންގެ ތައުލީމީ ފެންވަރަށާއި، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ މިންވަރަށެވެ. އަދި ސްކޮލާޝިޕް ލިބޭކަން ޔަގީންވާނީ ކަނޑައެޅިފައިވާ ޔުނިވާސިޓީތަކުން އެޑްމިޝަން ލިބުމުންނެވެ. އެހެންކަމުން، މި ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެމްއެމްއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހަމަނިދި ނުލިބުން: ހީކުރާ ވަރަށްވުރެ ނުރައްކާ ކަމެއް!
ޓީ-ޖެޓީ ކައިރިއަށް ދޯންޏެއް ފެތިއްޖެ
