އަޟްހާ އީދުގެ ބަންދަށް ސަރުކާރު އޮފީސްތައް ބަންދުކުރިއިރު، ފުލުހުން ހިމެނޭހެން މުވައްޒަފުންނަށް މުސާރަ ޖަމާނުވުމުގެ ސަބަބުން ގިނަ އާއިލާތަކަކަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އާންމުކޮށް އީދު ފަދަ ބޮޑެތި މުނާސަބަތުތަކާ ދިމާކޮށް ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ އަވަހަށް ޖަމާކޮށްދެ އެވެ. ނަމަވެސް، މި ފަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި ސަރުކާރު ބަންދުވިއިރު، ފުލުހުން ހިމެނޭހެން ސަރުކާރުގެ ގިނަ އޮފީސްތަކުގެ މުވައްޒަފުންނަށް މުސާރަ ޖަމާވެފައެއް ނުވެ އެވެ. މުސާރަ ނުލިބި ސަރުކާރު ބަންދުވުމާ ގުޅިގެން މުވައްޒަފުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފިނޭންސް މިނިސްޓްރީން މި މަހުގެ 11 ވަނަ ދުވަހު ނެރުނު ސާކިއުލާގައިވާ ގޮތުން ބޮޑު އީދާ ގުޅިގެން މި މަހުގެ 26 އިން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވާތީ ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތައް ދޭ އޮފީސްތަކުން މި މަހުގެ މުސާރައިގެ އިތުރުން ދޭ ބަދަލުވާ އިނާޔަތްތަކާއި، ގަޑި ލާރި ހިސާބުކުރުމުގެ މުއްދަތަކަށް އޭޕްރީލް 16 އިން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބޭނުންކުރަން ވަނީ އަންގައިފަ އެވެ.
ހަމައެއާއެކު ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާގެ 'އެކައުންޓްސް ޕޭޔަބަލް މޮޑިއުލް' ބޭނުންކުރާ އޮފީސްތަކުން މުސާރަ ވައުޗަރުތައް މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ 2:00ގެ ކުރިން ސިސްޓަމްގައި ޕޯސްޓުކުރަން ވެސް އެންގި އެވެ. އަދި ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާގެ 'އެޗްއާރް މޮޑިއުލް' ބޭނުންކުރާ އޮފީސްތަކަށް މުސާރަ ޕޯސްޓުކުރުމަށްޓަކައި، ހަމަ މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ މުއްދަތު ދީފަ އެވެ.
މުސާރަ ޖަމާނުވުމުގެ ސަބަބުން ގިނަ އާއިލާތަކަކަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. ބައެއް މުވައްޒަފުން ބުނި ގޮތުގައި، ދަރިންނަށް އީދު ހެދުން ފަދަ ތަކެތި ގަތުމަށް ނިންމައިގެން ތިބި ނަމަވެސް، މުސާރަ ނުލިބުމުން އެކަން ކުރެވޭނެ މަގު ވަނީ ބަންދުވެފަ އެވެ. މީގެ އިތުރުން، އާއިލާތަކާއެކު އީދު ފާހަގަކުރުމަށް ރަށްރަށަށް ދަތުރުކުރުމަށް ތައްޔާރުވެގެން ތިބި ފަރާތްތަކަށް ވެސް މުސާރަ ލަސްވުމުގެ ސަބަބުން ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.
ސަރުކާރުގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، މުސާރަ ޝީޓުތައް ތައްޔާރުކޮށް ފޮނުވާފައިވަނީ މަހުގެ ފަހު ފަސް ދުވަސް އުނިކުރުމަށްފަހު އެވެ. އެހެންނަމަވެސް، މުސާރަ ޝީޓުތައް ފޮނުވައި، ސަރުކާރު ބަންދުވީއިރު ވެސް މުވައްޒަފުންގެ ބޭންކް އެކައުންޓްތަކަށް ފައިސާ ޖަމާވެފައެއް ނުވެ އެވެ. ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ މުވައްޒަފުންނަށް މުސާރަ ނުލިބުނު ކަމުގައި ވިޔަސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަނީ މުސާރަ ޖަމާކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާތަކެއް ދީފި
މިފަހަރުގެ އީދަށް އެއްވެސް ރަށެއްގައި ބޮކިފަތި ދިއްލުމެއް ނެތް!
މިލިއަނަކަށް ވުރެ ގިނަ ހައްޖުވެރިން އަރަފާތު ބިމަށް

އެފްބީގައި އިން ޕޯސްޓަކަށް އެބަހުރި ސިޔާސީ މަގާމު ދީފަ ތިބި ފައިސާގެ މިހާރު ދަތިކަމެއް ނެތް ބޮޓުންތަކެއް ކޮމެންޓު ކޮށްފައި. ތިގޮތަށް އުޅޭތީ ކަންނޭގެ އިންތިހާބުތައް ވިން ނުވަނީ. ކީޕް ޑުއިން ދެޓް.
ރިޕްލައިފޭލު ވެފައި އޮތް ސަރްކާރް އެއް ،
ރިޕްލައިއަދި މުސާރަ ނުލިބިގެން އުޅޭކަށް ލަހެއް ނުވޭ، މީގެން ވެސް އިނގެނި ގިނަ ދިވެހީން ފަހަށް ރައްކާކުރުމެއް ހަރަދުކުރުމުގަ ގޮތެއް ނެއްކަން، އީދު އައީ ކުއްލިއަކަށް ނޫން،
ރިޕްލައިމޓސސ ނުލިބެ މުސާރަ އެއް. ޓީޗަރުންގެ ވެސް ނުލިބޭ
ރިޕްލައި