އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ހިންގާ ޖިނާއީ ތަހުގީގަށް ރައީސް މުހައްމަދު މުއިއްޒު ބަޔާން ދިންކަން ސާފުކޮށްދޭން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އެ ސުވާލަށް ޖަވާބުދެއްވަން މިއަދު ދެކޮޅު ހައްދަވައިފި އެވެ.
ރައީސް އޮފީހުން ނޫސްވެރިންނަށް މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމުގައި ފުލުހުންނަށް މުއިއްޒު ބަޔާން ދެއްވިތޯ ތަކުރާރުކޮށް ނޫސްވެރިޔަކު ސުވާލުކުރުމުން ވެސް މުންދު އެ ސުވާލަށް ޖަވާބެއް ނުދެއްވި އެވެ.
ޖަވާބުދިނުމުގެ ބަދަލުގައި މުންދު ވިދާޅުވީ ކުރެވޭ ތުހުމަތުތައް ރައީސް މުއިއްޒު ދޮގުކުރައްވާފައިވާ ކަމަށެވެ.
"ރައީސް މުއިއްޒު ވަނީ އިންކާރުކުރައްވާފައި. ރައީސް މުއިއްޒަކީ މިކަމުގައި ބާޑަން އޮފް ޕްރޫފް އޮތް ބޭފުޅެއް ނޫން. އަޅުގަނޑު ދެންނެވިން. ހަތަރު ފަހަރަށް ހަމަ އެއް ސުވާލެއް ކުރެއްވިޔަސް، ހަތަރު ގޮތަށް ކުރެއްވިޔަސް،" މުންދު ވިދާޅުވި އެވެ.
"ހިނގަމުންދާ ތަހުގީގެއްގައި ދެންނެވޭ ވަރަށް އަޅުގަނޑު މިދެންނެވީ. ސަރުކާރުން ހިނގަމުންދާ ތަހުގީގަކާ ގުޅޭގޮތުން މަނިކުފާނު އަޅުގަނޑު އިތުރު އެއްޗެއް ނުދަންނަވާނަން އިނގޭތޯ."
މުންދު ވިދާޅުވީ ގަޒުފުގެ މައްސަލައެއްގައި އެކަމެއް ސާބިތުކޮށްދޭން ޖެހޭނީ މައްސަލަ ޖައްސާ ފަރާތުން ކަމަށެވެ. އެކަމާ ގުޅިގެން މުއިއްޒު އެއްވެސް ކަމެއް ސާބިތުކޮށްދެއްވަން ނުޖެހޭ ކަމަށް މުންދު ވިދާޅުވި އެވެ.
ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން އަދަދު ނޫހަށް ކޯޓު އަމުރެއްގެ ދަށުން ވަދެ އެތަނުގައި ހުރިހާ ލެޕްޓޮޕްތަކެއް ގެންގޮސްފަ އެވެ.
ރައީސް މުއިއްޒުގެ އޯޑަރަށް ތަހުގީގު ކުރަމުންދާ އެ މައްސަލައިގެ ތަހުގީގަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފް ހާޒިރުކުރުމުން ފުލުހުން ކުރާ ތުހުމަތުތަކަށް ވަނީ އިންކާރުކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން އީޝާގެ އިތުރުން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.
ބަރުދަން ލުއިކުރަން އެޑޭލްގެ ހަޔާތަށް ގެނައީ އާދައިގެ ބަދަލެއް!
އެސްޓީއޯ އިން ހަނޑޫ ހުސްވާން ކައިރިވުމުން ކޮންޓްރޯލް ކޮށްފި
އެންމެ ފަހުން ބްރިޓްނީ ކުށަށް އިއުތިރާފު ވެއްޖެ

ނުޖެހޭ ޖަވާބު ދޭން. ކަލޭމެން ތިއޮތީ ޑޮކިއުމެންޓްރީ ހަދާފައެއްނޫން ހުރިހާ އިދިކޮޅުމެން ބައިވެރިވެގެން
ރިޕްލައި