މީގެ ކުރިން ސުލޫކީ ބޮޑެތި މައްސަލަތަކެއް ސާބިތުވެ ފަނޑިޔާރުކަމުން ވަކިކުރި މުހައްމަދު ރާގިބް އަހުމަދު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގައި ހުންނަވަނިކޮށް ރާގިބް ފަނޑިޔާރުކަމުން ވަކިކުރަން ނިންމީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއީ އޭނާގެ މައްޗަށް ހުށަހެޅުނު ސީރިއަސް މައްސަލަތަކެއް ބެލުމަށްފަހު ސުލޫކީ އަށް މައްސަލައެއް ސާބިތުވާ ކަމަށް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ.
ޖޭއެސްސީން އޭރު ބެލި މައްސަލަތަކުގެ ތެރޭގައި ކޯޓުގެ ދެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރައާއި ގޯނާކުރި މައްސަލައާއި، ތުލުސްދޫ ކޯޓާއި ދިއްފުށީ ކޯޓުން ކޮށްފައިވާ ހުކުމްތަކާއި ޝަރުއީ ލިޔެކިއުންތަކަށް ބަދަލު ގެނެސްފައިވާ މައްސަލަ ހިމެނެ އެވެ.
މީގެއިތުރުން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ އެއްފަރާތަކާ ގާތް ގުޅުމެއް ބޭއްވުމާއި، މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅެ މަޖުބޫރުން ޒިންމާއިން ބޭރުން މަސައްކަތް ކުރުވުން ވެސް ސާބިތުވި މައްސަލަތަކުގެ ތެރޭގައި ހިމެނެ އެވެ.
ހަމައެހެންމެ ވ. އަތޮޅު ކޯޓެއްގައި މެޖިސްޓްރޭޓަކަށް ހުރިއިރު، އެ ކޯޓުގެ އަންހެން މުވައްޒަފަކު ވަނީ ސީރިއަސް ތުހުމަތުތަކެއް އޭނާއަށް ކޮށްފަ އެވެ.
އޭގެ އިތުރުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ސިޔާސީ ފަރާތްތަކަށް ތާއީދު ހޯދަން އަމަލީ ގޮތުން ހަރަކާތްތެރިވުމާއި، އިދާރީ ހިންގުމުގެ އުސޫލުތަކާ ހިލާފަށް ކަންކަން ބައްޓަންކޮށް އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތަށް ހުރަސްއެޅި މައްސަލަ ވެސް އޭރު ސާބިތުވި އެވެ. އަދި ތުލުސްދޫ ކޯޓަށް ހުށަހެޅުނު ކައިވެނީގެ މައްސަލައެއްގައި އަންހެން ކުއްޖާގެ ނުރުހުމުގައި ކައިވެނި ކުރުވުމަށް ނުފޫޒު ފޯރުވުމާއި، ބިދޭސީ އަންހެނަކު ތުލުސްދޫއަށް ގެންގޮސް ފަނޑިޔާރުންގެ އަދަބާ ހިލާފު އަމަލުތަކެއް ހިންގި މައްސަލަ ވެސް ހިމެނެ އެވެ.
އޭރު ޖޭއެސްސީން އޭނާ މަގާމުން ވަކިކުރަން ނިންމުމުން ރާގިބް ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ. އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތައް ދޮގުކުރައްވައި ދިފާއުގައި އޭރު ވިދާޅުވީ އެއީ އޭރުގެ ޖޭއެސްސީގައި އެމްޑީޕީގެ މެންބަރުން ތިއްބަވައިގެން ނިންމެވި ނިންމެވުމެއް ކަމަށެވެ.
ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ރާގިބް މަސައްކަތް ކުރެއްވީ ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުގެ ވަކީލެއްގެ ގޮތުގަ އެވެ. މި ސަރުކާރު އައުމަށްފަހު އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އޭނާއަށް ރައީސް މުހައްމަދު މުއިއްޒު ދެއްވި ނަމަވެސް، ދައުލަތާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހެޅުއްވުމުން ރައީސް މުއިއްޒު ވަނީ އޭނާ އެ މަގާމުން ވަކިކުރައްވާފަ އެވެ.
ރާގިބް އަލުން އަނބުރާ ފަނޑިޔާރުކަމަށް އައްޔަންކުރަން މިހާރު ނިންމާފައިވަނީ ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ކޮމިޝަނަކުންނެވެ.
ޕްރޮސެކިއުޝަން މަސައްކަތްތަކަށް އޭއައި ބޭނުންކުރަން ފަށައިފި
ޑޮލަރުގެ އަގު މައްޗަށް ދަނީ ބާޒާރުގައި ނެތުމުން: ނަޝީދު
ގަދަ ގޮލައެއްނުން! ކޮން ރަށަކު ގޮލައެއްތަތީ؟
ރިޕްލައި