މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 1.1 ބިލިއަން ޑޮލަރު މިދިޔަ އަހަރު ވިއްކާފައިވާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
އެމްއެމްއޭގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އެއީ 2024 ވަނަ އަހަރަށް ވުރެ 10 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ ކުރީގެ އަހަރު އެމްއެމްއޭއިން 998 މިލިއަން ޑޮލަރު ވިއްކިއިރު، 2023 ވަނަ އަހަރު 994 މިލިއަން ޑޮލަރު ވިއްކި އެވެ.
އަހަރީ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު ވިއްކި ޑޮލަރުގެ 60 ޕަސެންޓް ދޫކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެއީ 651 މިލިއަން ޑޮލަރެވެ.
އެސްއޯއީތަކަށް ދޫކުރި ޑޮލަރުގެ ބޮޑުބައެއް ދީފައިވަނީ ތެލާއި އަސާސީ ކާބޯތަކެއްޗާއި ބޭހާއި މެޑިކަލް އިކުއިޕްމެންޓާއި ކުންފުނިތަކުގެ ދަރަނި ދެއްކުމަށް އެމްއެމްއޭ އިން ބުންޏެވެ. ތެޔޮ ގަތުމަށް އެސްޓީއޯއަށް ވިއްކާފައި ވަނީ ގާތްގަނޑަކަށް 460 މިލިއަން ޑޮލަރެވެ.
މިދިޔަ އަހަރު ދައުލަތުގެ ދަރަނި އަދާކުރުމަށް އެމްއެމްއޭ އިން ވަނީ 436 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެހެންވެ، ދަރަނި އަދާކުރުމަށާއި އެސްއޯއީތަކަށް ދޫކުރި އަދަދު އެކަނި ވެސް އެއް ބިލިއަން ރުފިޔާއަށް އަރަ އެވެ. މިދިޔަ އަހަރު އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ހަމަޖައްސައިދިނުމަށް ބޭންކްތަކަށް ދޫކުރީ 448 މިލިއަން ޑޮލަރެވެ. މިއީ 2024 ވަނަ އަހަރަށް ވުރެ 25 ޕަސެންޓް އިތުރު އަދަދެކެވެ.
މަންމާ އާއި ދަރިފުޅު އެކުގައި މަރުވެފައި އޮތް އަސަރުގަދަ ފޮޓޯއެއް
އީރާނަށް އަލުން ހަމަލާދީފާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
އީރާނު ހަނގުރާމަ ނިމިފައިވާކަން ކޮންގްރެސްއަށް އަންގައިފި
