މި ސަރުކާރުން އުވާލަން ނިންމި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި އަހުމަދު މުބީން އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ބަދަލުކޮށްފި އެވެ.
އެމްޓީސީސީގެ ޑީއެމްޑީއަކަށް މުބީން އައްޔަންކުރުމަށް ފަހު އެ ކުންފުނިން ބުނީ އޭނާގެ ހިކުމަތްތެރި އިސްނެންގެވުމާއި ދުރުވިސްނުންތެރި ރޭވުންތެރިކަމުގެ ސަބަބުން، ކުންފުންޏަށް ކާމިޔާބީގެ އާ އުސްމިންތަކަކަށް ވާސިލުވެވޭނެކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތް ކަމަށެވެ.
އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން މުބީން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން އެއްވެސް މަގާމަކަށް އޭނާ އައްޔަންކޮށްފަ އެއް ނުވެ އެވެ.
ސަރުކާރުން ހިންގާ އަތޮޅުތެރޭގެ ހުރިހާ އެއާޕޯޓެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ވަނީ ނިންމާފަ އެވެ. އަދި އާރްސީއެލް އެމްއޭސީއެލްގެ ދަށަށް ކުރިއަށް އޮތް ދެ ތިން މަސްތެރޭ ގެނެވޭނެ ކަމަށް އެމްއޭސީއެލް އިން މިދިޔަ އަހަރު ޖުލައި މަހު ބުނެފައިވެ އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް މިހާތަނަށް ނިންމާފައެއް ނުވެ އެވެ.
އާފުރުމަކީ ސިކުނޑިއަށް ބަދަލުތަކެއް ގެނުވާ ކަމެއް: ދިރާސާ
މީކާއީލް ފައްޔާޒަށް: ޕާޓީ ހިންގައެއް ނުލެވުނު، ބޭނުމީ ބަދަލެއް
ސިދާތު އާއި ކިއާރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ