ބައެއް އަތޮޅުތަކުގައި، ފެނަކަ ކޯޕަރޭޝަނުން މިހާރު ދެމުންގެންދާ އުޓިލިޓީ ހިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
މިރޭ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ބ. ޅ. އަދި މ. އަތޮޅުގެ ރަށްރަށުގަ އެވެ. މި ނިންމުމަކީ ދައުލަތުގެ ހިދުމަތްތައް ހިންގުމުގެ ނިޒާމަށް ސަރުކާރުން ގެންނަވަމުންދާ ބޮޑެތި އިސްލާހީ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މީގެ މައިގަނޑު މަގްސަދަކީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން މިހާރަށްވުރެ، ބޮޑަށް ކަށަވަރުކުރުމާއި މަސައްކަތުގެ ހިންގުން ހަރުދަނާކޮށް، އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ސްޓެލްކޯއިން މިހާރުވެސް ދަނީ، ކ، ވ، އއ އަދި އދ، އަތޮޅުގެ ރަށްރަށުގައި ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. ސަރުކާރުގެ ފަހުގެ ނިންމުމާއެކު އަލަށް ސްޓެލްކޯގެ ހިދުމަތުގެ ދާއިރާއަށް އިތުރުވަނީ ބ. އަތޮޅު ދަރަވަންދޫ، ދޮންފަނު، އޭދަފުށި، ފެހެންދޫ، ފުޅަދޫ، ގޮއިދޫ، ހިތާދޫ، ކަމަދޫ، ކެންދޫ، ކިހާދޫ، ކުޑަރިކިލު، މާޅޮސް، އަދި ތުޅާދޫ އެވެ.
މީގެ އިތުރުން ޅ. ކުރެންދޫ، ނައިފަރު، އަދި އޮޅުވެލިފުށި ވެސް ސްޓެލްކޯގެ ދަށަށް ބަދަލުވާނެ އެވެ. ހަމައެއާއެކު، މ އަތޮޅުން، ސްޓެލްކޯގެ ދަށަށް ބަދަލުވާ ރަށްރަށަކީ ދިއްގަރު، ކޮޅުފުށި، މަޑުއްވަރީ، މުލައް، މުލި، ނާލާފުށި، އައިމަންދޫ، އަދި ވޭވަށެވެ.
"މިކަމުގައި އެންމެ މުހިންމު އަމާޒަކީ ރަށްރަށުގައި ދެވޭ ހިދުމަތްތައ މެދުނުކެނޑި ކުރިއަށް ގެންދިއުމާއި މުވައްޒަފުންނާއި އާންމު ރައްޔިތުންނަށް ފަސޭހަވާނެހެން ނިޒާމީ ގޮތެއްގައި މި ބަދަލު ގެނައުމެވެ." ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން މި ބަދަލުގެނައުމުގެ މަރުހަލާގައި ކުންފުނީގެ މުދަލާއި ވަސީލަތްތަކުގެ އިތުރުން މުވައްޒަފުން ބަދަލުކުރުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ފިނޭންސް މިނިސްޓްރީ އާއި ޕީސީބީ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މޫދަށް ވައްޓާލައިގެން ލިޓަން މަރާލި ނިޒާމް އުމުރަށް ޖަލަށް
"ކާށްޓެއް ބިނދެގެން ޗައިނާއަށް" ދެވޭ ނަސީބުވެރި ފަރާތް ހޮވައިފި
ހޮރްމޫޒް ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށުގައި އޮތްކަމަށް ބުނެފި