އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލިހަށް ހުށަހަޅާފައިވިޔަސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މިއަދު ވަނީ 55 މެންބަރުންގެ ސޮޔާއެކު ގަޕޯގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅާފަ އެވެ.
މިކަމާ ގުޅިގެން ގަޕޯ ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމަންޖެހޭނީ ގައުމީ މަޖިލީހުގައި ނަގާ ވޯޓަކުން ކަމަށެވެ.
ގަޕޯ ވިދާޅުވީ ގައުމީ މަޖިލީހުގެ ޖަލްސާ ބޭއްވުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަށް ޗެއާޕާސަންގެ ނައިބު، މާލީ އަހުމަދު އަބްދުﷲއާ ހަވާލު ކުރައްވާފައިވާނެ ކަމަށެވެ.
"އެ ޖަލްސާގައި ވޯޓުން ގޮތް ނިންމާނީ. އަޅުގަނޑު އިސްތިއުފާއެއް ނުދޭނަން،" ގަޕޯ ވިދާޅުވިއެވެ.
ވަގުތީ ޗެއާޕާސަން ކަމުން ގަޕޯ ވަކިކުރުމުގެ މަސައްކަތް ފެށީ އެ ޕާޓިގެ ޑެޕިއުޓީ ޗެއާޕާސަން، އިބްރާހީމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް ކުއްލިގޮތަކަށް ވަކިކުރުމުންނެވެ.
އިންތިހާބަށްފަހު ފުވައްމުލަކުން ކަރަންޓު ކަނޑަން ފަށައިފި
އީރާނުގެ މުހިއްމު ބިނާތަކުގެ ދިފާއުގައި ރައްޔިތުން ނުކުމެއްޖެ
އާންމުންގެ މަސްލަހަތު އިސްކުރާ މީހަކު އެމްޑީޕީއާ ހަވާލުވާން ޖެހޭ
