ސްޕޯޓްސް މިނިސްޓްރީގައި ތިންސަތޭކައާ ގާތްކުރާ އަދަދަކަށް ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައި ތިބިކަން ހާމަވެއްޖެ އެވެ.
"ހުރިހާ" އަށް ލިބިފައިވާ މުވައްޒަފުންގެ ލިސްޓަށް ބަލާއިރު ސްޕޯޓްސް މިނިސްޓްރީގައި އެކި ފެންވަރުގެ ސިޔާސީ މަގާމުތަކުގައި މި ވަގުތު ޖުމްލަ 291 މީހަކު އެބަތިއްބެވެ. މިއީ ސަރުކާރުގެ އެހެން ބައެއް ވުޒާރާތަކާ އަޅާބަލާއިރު ނިސްބަތުން ބޮޑު އަދަދެއްކަން ފާހަގަކުރެވެ އެވެ.
ސްޕޯޓްސް މިނިސްޓްރީގައި މިހާ ގިނަ އަދަދެއްގެ ސިޔާސީ މަގާމުތައް އުފައްދާފައިވާއިރު، އެ ފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތުތައް ބެހިފައިވާ ގޮތާއި، އެ މުވައްޒަފުން ކުރަނީ ކޮން މަސައްކަތެއްކަން ސާފުނުވާތީ އާންމުންގެ މެދުގައި ވަނީ ސުވާލުތައް އުފެދިފަ އެވެ. ވަކިން ހާއްސަކޮށް، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައި، އެއް ވުޒާރާއެއްގައި މިހާ ގިނަ ސިޔާސީ މުވައްޒަފުން ތިބުމަކީ ކަންބޮޑުވުމެއް އޮތް ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ގިނަ ރަށްރަށުގައި ސިޔާސީ މަގާމުތަކަށް މީހުން ނެގުމަށްފަހު، އެމީހުނަށް އެއްވެސް މަސައްކަތެއް ނުދިނުމާއި އިށީންނާނެ ތަނެއް، މަސައްކަތް ކުރަންވީ ތަނެއްވެސް ނާނގާ ގިނަ ބަޔަކު އުޅޭކަމަށް ބައެއް ރަށްރަށުގެ ރައްޔިތުން ބުނަމުންދެ އެވެ.
މި މައްސަލައާ ގުޅިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، މިހާރުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ހާމަކުރުމަށް ގޮވާލައި، ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވަމުންދާ ދިއުމާމެދު އިދިކޮޅު ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ.
ނިމިދިޔަ އިންތިހާބުތަކުގައި ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު ސަރުކާރުން ދަނީ ސިޔާސީ މަގާމުތަކުން މީހުން ވަކިކުރަމުންނެވެ.
ގަވާއިދުން ހިނގުމަކީ ސިއްހަތަށް ފައިދާހުރި ކަމެއް: ދިރާސާ
ބޮލީވުޑް ހަށިފާރަވެރިންގެ މުސާރަ ވަރަށް ބޮޑު!
ތިހެން ހާވަ ހާވާ ތިބެން ޖެހޭނީ
ރިޕްލައި