ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވައިދިނުމަށް ލެޕްޓޮޕާއި، ޓެބްލެޓް އަދި ޑިޖިޓަލް ސްކްރީންތައް ބޭނުންކުރާ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.
ނަމަވެސް، ކްލާސް ރޫމްތަކުގައި ސްކްރީން ބޭނުން ކުރުން މިހާ ބޮޑަށް ގިނަވުމުގެ ސަބަބުން ދަރިވަރުންގެ ތައުލީމީ ފެންވަރަށާއި، ސިކުނޑީގެ ތަރައްގީއަށް އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކާމެދު ސައިންސްވެރިންނާއި ތައުލީމީ މާހިރުންގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފަ އެވެ.
ނިއުރޯސައިންޓިސްޓުންނާއި ތައުލީމީ މާހިރުންގެ ދިރާސާތަކުން ދައްކާ ގޮތުގައި، ސްކޫލްތަކުގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވި ވަރަކަށް ދަރިވަރުންގެ އިމްތިހާނު ނަތީޖާތަކާއި ސަމާލުކަން ދިނުމުގެ ގާބިލުކަން ދަނީ ދަށްވަމުންނެވެ.
ހާއްސަކޮށް، ފޮތުގައި އަތުން ލިޔެގެން ކިޔެވުމުގެ ބަދަލުގައި ސްކްރީން މެދުވެރިކޮށް ނޯޓު ނެގުމާއި ކިޔެވުމުން، މައުލޫމާތު ސިކުނޑީގައި ދިގު މުއްދަތަކަށް ރައްކާ ކުރުމުގެ ގާބިލުކަން ކުޑަވާކަން ދިރާސާތަކުން ސާބިތުވެ އެވެ.
އޭގެ އިތުރުން، ކްލާސްރޫމުގައި އިންޓަނެޓާ ގުޅިފައިވާ އާލާތްތައް ބޭނުން ކުރުމުގެ ސަބަބުން ދަރިވަރުންގެ ސަމާލުކަން ފަސޭހައިން އެހެން ކަންކަމަށް، މިސާލަކަށް ޔޫޓިއުބް ނުވަތަ ގޭމްތަކަށް އެނބުރި، އުނގެނުމުގެ މާހައުލަށް ބޮޑެތި ބުރޫތަކެއް އަރަ އެވެ.
މިކަމާ ގުޅިގެން ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ ސްކޫލްތަކުން ހަމައެކަނި ސްކްރީން ވަގުތު މަދުކުރުމުގެ ބަދަލުގައި، ދަރިވަރުންނަށް "ޑިޖިޓަލް ވެލްނެސް" ނުވަތަ ޓެކްނޮލޮޖީ ރަނގަޅު ގޮތުގައި ބޭނުން ކުރާނެ ހޭލުންތެރިކަން ދިނުމަށް އިސްކަން ދިނުމަށެވެ.
މި ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި ބައެއް ގައުމުތަކާއި ސްކޫލްތަކުން މިހާރު ދަނީ ކްލާސް ރޫމްތަކުގައި ފޯނާއި ޓެބްލެޓް ބޭނުން ކުރުން މަނާކޮށް، އަލުން އަތުން ލިޔުމާއި ފޮތް ބޭނުން ކޮށްގެން ކިޔަވައިދިނުމުގެ ސަގާފީ އުސޫލުތަކަށް އިޔާދަ ވަމުންނެވެ.
މާހިރުން ގަބޫލުކުރާ ގޮތުގައި ޓެކްނޮލޮޖީއަކީ ތައުލީމަށް މުހިންމު އެހީތެރިއަކަށްވީ ނަމަވެސް، އިންސާނީ ގުޅުމާއި އަތުން ލިޔެގެން ދަސް ކުރުމުގެ މުހިއްމުކަން ކްލާސް ރޫމްތަކުން ގެއްލިގެން ނުވާނެ އެވެ.
މޮރޮކޯއިން ސްޕެއިނަށް އެތެރެވާން އުޅުން 57 މީހުން މަރުވެއްޖެ
ފާޑުކިޔާ މީހުންނަށް ކަންގަނާގެ "ފިލްމީ" ރައްދެއް!
"އެރިރަންގް"އާއެކު ވެސް ބީޓީއެސް ގްރެމީގައި ބައިވެރިއެއް ނުވި!