ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހަކީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައި އެ އޮފީހުން ހަމަޖައްސައިފި އެވެ.
މި ނިންމުމަކީ މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ސަރުކާރުން އަޅަމުންދާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ އޮފީހުން ބުނެ އެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، މިއަދުން ފެށިގެން އަމަލުކުރަން ފަށާ މި އާ އުސޫލުގެ ދަށުން، ކޮންމެ އަންގާރަ ދުވަހަކު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ކުރަންޖެހޭ މަސައްކަތްތަކަށް މުވައްޒަފުން ހާޒިރުވާނެ އެވެ. އަދި ކޯޓު އަޑުއެހުންތަކަށް ވެސް ގަވާއިދުން ހާޒިރުވަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ އޮފީހުންދެ އެވެ.
ހަރަދު ކުޑަކުރުމަށް އިތުރު ފިޔަވަޅުތަކެއް އަންގާރަ ދުވަހު ގޭގައި މަސައްކަތް ކުރުމުގެ އިތުރުން، ހަރަދު ކުޑަކުރުމަށް އެހެން ބައެއް ފިޔަވަޅުތައް ވެސް އެ އޮފީހުން ވަނީ ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމާއި، އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓާއި ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުން ހިމެނެ އެވެ. މީގެ އިތުރުން އޮފީސް ވެހިކަލްތައް ބޭނުންކުރާ މިންވަރު ވެސް މަދުކުރުމަށް ވަނީ ނިންމާފަ އެވެ.
ބައްދަލުވުންތަކާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަލުވުންތަކާއި، އޮންލައިންކޮށް ބޭއްވުމުން ނަތީޖާއަށް އުނިކަމެއް އަތުވެދާނެ ކަމަށް ބެލެވޭ ބައްދަލުވުންތައް ކުރިއަށް ގެންދާނީ މުވައްޒަފުން ހާޒިރުވެގެން ކަމަށެވެ.
ޕީޖީ އޮފީހުން ވަނީ މި ފިޔަވަޅުތަކުގެ ސަބަބުން އާންމުންނަށް ނުވަތަ އެހެނިހެން އިދާރާތަކަށް ދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. މި ބަދަލުތަކަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކެއް ކަމަށް އެ އޮފީހުން ފާހަގަކުރެ އެވެ.
ކޯހެއްގެ ގޮތުގައި ބިޔޯންސޭގެ ކެރިއަރު ކިޔަަވައިދެނީ!
ދަޑިމަގު ދާއިރާއަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ ނަތީޖާ އެއްވަރު
ތާރީހު ނުދެކޭ ފަދަ ބޮޑު ހަނގުރާމައަކަށް ދުނިޔެ މިސްރާބު ޖަހަނީ