އިޒްރޭލުގެ ދިފާއީ ވަޒީރު އިޒްރާއިލް ކަޒް އީރާނުގެ ރަސްމީ ފަރާތްތަކަށް ވަރުގަދަ އިންޒާރެއް ދީދި އެވެ.
އިޒްރޭލްގެ ހައްދުފަހަނަޅާފައިވާ ދިފާއީ ވަޒީރުގައި ބުނީ އިޒްރޭލުގެ އަސްކަރިއްޔާއިން އީރާނުގެ އޮފިޝަލުން ފަހަތުން ގޮސް، އެކަކަށް ފަހު އަނެކަކު ހޯދައި ނައްތާލާނެ ކަމަށެވެ.
އިޒްރޭލްގެ މި އިންޒާރުގެ ބޮޑު ބައެއް އަމާޒުކޮށްފައި ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ނޭވީ ކޮމާންޑަރަށެވެ.
ދިފާއީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި ހޮރްމޫޒް ކަނޑުއޮޅީގައި މައިން ވަޅުލުމާއި އެ ސަރަހައްދު ބަންދުކުރުމުގެ ސީދާ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ ރިވޮލިއުޝަނަރީ ގާޑްސްގެ ނޭވީ ކޮމާންޑަރު ކަމަށެވެ.
ދިފާއީ ވަޒީރު އިތުރަށް ވިދާޅުވީ ރިވޮލިއުޝަނަރީ ގާޑްސްގެ ނޭވީ ކޮމާންޑަރު އަވަހާރަކޮށްލުމަކީ އެމެރިކާއަށް ވެސް މުހިންމު ކަމެއް ކަމަށެވެ. އަދި އެއީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށްޓަކައި އިޒްރޭލްގެ އަސްކަރިއްޔާއިން ދޭ އެހީތެރިކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މި އިންޒާރުތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، ބައިނަލްއަގުވާމީ މުހިންމު ކަނޑުގެ މަގުތަކުގެ ރައްކާތެރިކަމާ މެދު ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.
މޫނުގައި އޮށާޅަ ނަގަން މެދުވެރިވާ އާއްމު ބައެއް ސަބަބުތައް!
ޕޮލިސް ކޮމިޝަނަރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި
މުއިއްޒުގެ ދިފާއުގައި މީޑިއާ ކޮންޓްރޯލް ކޮމިޝަން ތެދުވެއްޖެ